ދިވެހިރާއްޖެ
| 
 ވަޒީފާގެ ފުރުޞަތު  | 
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހަކު ބޭނުންވެއްޖެއެވެ.
| 
 މަޤާމުގެ ނަން:  | 
 ސީނިއަރ ފޮރިން ރިލޭޝަންސް އޮފިސަރ  | 
| 
 ރޭންކް:  | 
 MS2/B  | 
| 
 ސެކްޝަން/ޑިޕާޓްމަންޓް:  | 
 ފޮރިން ރިލޭޝަންސް ސެކްޝަން  | 
| 
 ބޭނުންވާ އަދަދު:  | 
 1  | 
| 
 ތަޢުލީމާއި ތަޖްރިބާ:  | 
 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވުން 
 މިމަޤާމަށް މީހަކު ހޮވުމުގައި އިނގިރޭސި ބަހުން ރިޕޯޓް ތައްޔާރުކޮށް ރިސަރޗްގެ މަސައްކަތްކުރުމާއި، ދިވެހި އަދި އިނގިރޭސި ބަހުން ތަރުޖަމާކުރުމުގެ ހުނަރު ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 
  | 
| 
 މަޤާމުގެ މަސްއޫލިއްޔަތު:  | 
 ރައްޔިތުންގެ މަޖިލީހާއި ބޭރުގެ ޤާނޫނުހަދާ މަޖިލިސްތަކާމެދު ގުޅުން ބަދަހިކުރުމަށް ކުރަންޖެހޭ އެކިއެކި އިދާރީ މަސައްކަތްތައް ކުރުން  | 
| 
 އުޖޫރަ:  | 
 - މަހަކު -/10,750 ރުފިޔާ  | 
| 
 އެލަވަންސް/އިނާޔަތްތައް:  | 
 - ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ - ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3,500 ރުފިޔާ - އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ 
  | 
| 
 މަޤާމުގެ ނަން:  | 
 ސީނިއަރ ރިސާޗް އޮފިސަރ  | 
| 
 ރޭންކް:  | 
 MS2/B  | 
| 
 ސެކްޝަން/ޑިޕާޓްމަންޓް  | 
 ލައިބްރަރީ އެންޑް އާކައިވްސް ސެކްޝަން  | 
| 
 ބޭނުންވާ އަދަދު:  | 
 1  | 
| 
 ތަޢްލީމާއި ތަޖްރިބާ:  | 
 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވުން  | 
| 
 މަޤާމްގެ މަސްއޫލިއްޔަތު:  | 
 ވެރިއެއްގެ ލަފައާއި އިރުޝާދުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ބޭނުންވާ ޢިލްމީ ދިރާސާތައްކުރުމާއި، އަދި ސެކްޝަން / މަޖިލީހުގެ އިދާރާގައި ކުރަންޖެހޭ ފަންނީ އަދި އިދާރީ މަސައްކަތްތައް ކުރުން  | 
| 
 އުޖޫރަ:  | 
 - މަހަކު -/10,750 ރުފިޔާ  | 
| 
 އެލަވަންސް/އިނާޔަތްތައް:  | 
 - ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ - ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3,500 ރުފިޔާ - އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ  | 
ފޯމް ފޮނުވަންވީ ތާރީޚް: 28 މާރިޗް 2021 ން 06 އެޕްރީލް 2021 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވަތަ 6 އޭޕްރީލް 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް
ހުށަހަޅަންޖެހޭ ލިއުންތައް:
- ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް އަދި އެ ފޯމާއެކު ހުށަހަޅުއްވަންޖެހޭ އެންމެހާ ލިޔެކިޔުންތައް
 
ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- (ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓް
 
https://majlis.gov.mv/dv/secretariate/downloads އިން ލިބެން ހުންނާނެއެވެ.)