ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިސާބަލާގަންނަ ގަޑި ބަދަލުވުން

މިއިދާރާއިން ފައިސާ ބަލާގަތުމާއި ބެހޭ

 

         20 ޖެނުއަރީ 2021 ވަނަ ދުވަހުން ފެށިގެން މިއިދާރާއިން ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 12:00 އަށެވެ. މިނޫން ގަޑިތަކުގައި މިއިދާރާއިން ފައިސާ ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

         ނަމަވެސް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފައިސާގެ މުޢާމަލާތް ކޮންމެ ވަގުތަކުވެސް ކުރެވޭނެއެވެ. އިދާރާގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރެއްވުމަށްފަހު 7949730އަށް ސްލިޕް ވައިބާކޮށްދެއްވުންއެދެމެވެ. އަދި ފައިސާ ދެއްކި ސްލިޕްގައި ރިމާރކްސްގައި ކޮންކަމަކަށް ދެއްކި ފައިސާއެއްކަން އެގެން އޮންނަންވާނެއެވެ. ރިމާރކްސް ނުލިޔެ ޖަމާކުރާ ފައިސާއަށް މިއިދާރާއިން އެއްވެސްމާލީ މުއާމަލާތެއް ބަލައެއް ނުގަނެވޭނެއެވެ. މިގޮތުން ލިބިދާނެ ގެއްލުމަކަށް މިއިދާރާއިން ޒިންމާނުވާނެ ވާހަކަވެސް ދަންނަވަމެވެ.

 

  މިހެންވެ މިކަންޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

28 ފެބުރުވަރީ 2021
ހޯދާ