ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވައިލުން

   

                        ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވައިލުން

 

                        1442 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބެހުމަށްޓަކައި، ފަޤީރުންގެ ދަފްތަރު އަލުން އެކުލަވާލުމަށް ބޭނުންވާތީ، އެދަފްތަރުގައި ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު 21 ފެބުރުއަރީ 2021 އިން 21 މާރިޗް 2021 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.

 

                        މިމުއްދަތުގެ ތެރޭގައި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން މެންދުރުފަހު 13:00 އަށެވެ. 17 ފެބުރުއަރީ 2021 އިން ފެށިގެން "ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފޯމް" މިކައުންސިލުން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ. ކުރިން ރަޖިސްޓްރީވެފައިވާ ފަރާތްތަކުންވެސް އަލުން ރަޖިސްޓްރީ ވާން ހުށަހަޅަން ޖެހޭނެއެވެ.

 

                        މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ފެބުރުވަރީ 2021
ހޯދާ