ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
މިއިދާރައިގެ ސްޓޮކަށް 3 މަސް ދުވަހުގެ މުއްދަތަށް ފޮޅާ ސާފުކުރުމަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިތަކެތި ސަޕްލައި ކޮށްދެއްވުމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން 14 ޖަނަވަރީ 2021 (ބުރާސްފަތި) ދުވަހުގެ 12:00ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ. މިބިޑުގައި ރަޖިސްޓްރީ ވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބިޑް ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މިއިދާރާގެ ޖަލްސާކުރާ ހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ކުރިންނާއި ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
| 
 ތަފްޞީލް  | 
 ތާރީޙް  | 
 ދުވަސް  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 14 ޖަނަވަރީ 2021  | 
 ބުރާސްފަތި  | 
 13:30  | 
| 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 20 ޖަނަވަރީ 2021  | 
 ބުދަ  | 
 10:00  | 
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
