މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ހިންގަމުންދާ ގްރީން ބިލްޑިންގ އަދި އެނެކްސް ބިލްޑިން އިމާރާތް އިންޝުއަރެންސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާއި ގުޅޭ

އިއުލާން ބާތިލްކުރުން

19 ޖުލައި 2020 ގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ހިންގަމުންދާ ގްރީން ބިލްޑިންގ އަދި އެނެކްސް ބިލްޑިން އިމާރާތް އިންޝުއަރެންސް ކޮށްދޭނެ ފަރާތެއް ހޯދުމަށް  ޝާއިޢުކޮށްފައިވާ (IUL)438-AU/1/2020/20  ނަންބަރު އިޢުލާނާއި ގުޅިގެން ލިބުނު ބިޑްތައް އިވެލުއޭޓްކުރެވުނެވެ. އިވެލުއޭޓްކުރުމަށްފަހު މަސައްކަތް އެވޯރޑް ކުރަން ނިންމި ފަރާތަށް ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ކުރިން ކޮންމެހެން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކެއް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. ނަމަވެސް މި ލިޔެކިޔުންތައް ހުށަހެޅުމަށް ދީފައިވާ ސުންގަޑި ހަމަވެގެން އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރުވެސް އެ ފަރާތުން ލިޔެކިޔުންތައް ހުށައަޅާފައި ނުވާތީ، ބީލަން ބާތިލް ކުރިކަން އާއްމުކޮށް އަންގާ އިއުލާނުކުރަމެވެ. 

23 ސެޕްޓެންބަރު 2020
ހޯދާ