ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާތަކެތި ނީލަން ކިޔުން

        މިއިދާރާއިން ނަގާފައިވާ ބާތަކެތީގެ ނީލަން ކިއުން 17 ސެޕްޓެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09.00 ގައި މިއިދާރާގެ ގޯތިތެރޭގައި އޮންނާނެއެވެ.

        މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ.

        ނީލަމުން ނަންގަވާ ތެކެތީގެ އަގު ވަގުތުން އަދާ ކުރައްވަން ޖެހޭނެއެވެ. ވަގުތުން އަގު އަދާ ނުކުރައްވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ. ނީލަމަށް ވަޑައިގަންނަވާ ފަރާތްތަކުން ވަޑައިގަންނަވާނީ މިއިދާރާގެ ކައިރިއަށެވެ.  

        ނީލަމުން ނަންގަވާ ތަކެތި ނީލަން ނިމޭތާ އެއްގަޑި އިރު ތެރޭގައި ގެންދަވަން ވާނެއެވެ. އެއްގަޑިއިރު ތެރޭގައި ނުގެންދަވާ ތަކެތި ބޭނުންނެތީކަމުގައި ބަލައި، އުކައިލުން ނުވަތަ ބޭނުންވާ ފަރާތްތަކަށް ދޫކޮށްލުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

        މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

16 ސެޕްޓެންބަރު 2020
ހޯދާ