ދިވެހިރާއްޖެ
ނޫ ރާއްޖެ ޕްރޮގްރާމް
ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެއްކަމަށްވާ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން އާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ [ނޫ ރާއްޖެ ޕްރޮގްރާމް] އަކީ ރާއްޖޭގެ ކަނޑުގެ މާހައުލު ރައްކާތެރި ކުރުމާއެކު، ކަނޑުތަކުގެ ވަސީލަތްތަކުން ލިބޭ އިޤްތިޞާދީ ފައިދާ އިތުރުކުރުމުގެ މަޤްޞަދުގައި މެރިން ސްޕޭޝަލް ޕްލޭނެއް އެކުލަވާލުމަށް ހިންގޭ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދަށުން ތިރީގައި ބަޔާންކުރެވިފައިވާ ދެމަޤާމަށް ޝައުގެވެރިވާ ފަރާތްތައް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މިމިނިސްޓްރީއިން ހުޅުވާލަމެވެ.
މަޤާމް: ޕްރޮގްރާމް ކޯޑިނޭޓަރ
ބޭނުންވާ ޢަދަދު: 1
ގިންތި: ކޮންޓްރެކްޓް
މުއްދަތު: 1 އަހަރު
ވަޒީފާ އަދާކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
މުސާރަ: މުޅި އަހަރަށް 28،000 ޑޮލަރުގެ ނިސްބަތުން
މަޤާމުގެ ޝަރުތު:
- މެރިން ނުވަތަ ފިޝަރީޒް ސައިންސް، އެންވަޔަރަންމަންޓަލް ސައިންސް، އެންވަޔަރަންމަންޓަލް ޕޮލިސީ، އިކޮނޮމިކްސް، ލޯ ނުވަތަ މިނޫންވެސް ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވަގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
- މެރިން ނުވަތަ ފިޝަރީޒް ސައިންސް، އެންވަޔަރަންމަންޓަލް ސައިންސް، އެންވަޔަރަންމަންޓަލް ޕޮލިސީ، އިކޮނޮމިކްސް، ލޯ ނުވަތަ މިނޫންވެސް ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވަގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛
ކުރަންޖެހޭ މައިގަނޑު މަސައްކަތް:
- މިމަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލާއި އިތުރު އިނާޔަތްތަކުގެ ތަފްޞީލް (ޓަރމްސް އޮފް ރެފެރެންސް) ގެޒެޓް ވެބްސައިޓުންނާއި، މިމިނިސްޓްރީގެ މީސްމީޑިއާއިން އަދި ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
-------------------------------
މަޤާމް: އެޑްމިނިސްޓްރޭޓިވް ކޯޑިނޭޓަރ
ބޭނުންވާ ޢަދަދު: 1
ގިންތި: ކޮންޓްރެކްޓް
މުއްދަތު: 1 އަހަރު
ވަޒީފާ އަދާކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
މުސާރަ: މުޅި އަހަރަށް 17،500 ޑޮލަރުގެ ނިސްބަތުން
މަޤާމުގެ ޝަރުތު:
- މެރިން ނުވަތަ ފިޝަރީޒް ސައިންސް، އެންވަޔަރަންމަންޓަލް ސައިންސް، ޕޮލިސީ، އިކޮނޮމިކްސް، ލޯ ނުވަތަ މިނޫންވެސް ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވަގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތް:
- މިމަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލާއި އިތުރު އިނާޔަތްތަކުގެ ތަފްޞީލް (ޓަރމްސް އޮފް ރެފެރެންސް) ގެޒެޓް ވެބްސައިޓުންނާއި، މިމިނިސްޓްރީގެ މީސްމީޑިއާއިން އަދި ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- މިމަޤާމްތަކަށް ޤާބިލު ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 29 ޖުލައި 2020 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ވެއިޓް އިންސްޓިޓިއުޓްގެ ޕްރޮގްރާމް މެނޭޖަރ، ރޮބިން ރަމްދީން ([email protected]) އަށް އަދި މިމިނިސްޓްރީގެ ސީނިއަރ ފިޝަރީޒް އޮފިސަރ، މުންޝިދާ އިބްރާހިމް ([email protected]) އަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން:
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/ 3339223 ނަމްބަރު ފޯނާއި ގުޅުއްވުން އެދެމެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.
23 ޛުލްޤައިދާ 1441