ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)30-D/30/2020/60
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2020
ޕަބްލިޝްކުރި ގަޑި: 11:35
ސުންގަޑި: 29 ޖުލައި 2020 13:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

ނޫ ރާއްޖެ ޕްރޮގްރާމް

ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެއްކަމަށްވާ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން އާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ [ނޫ ރާއްޖެ ޕްރޮގްރާމް] އަކީ ރާއްޖޭގެ ކަނޑުގެ މާހައުލު ރައްކާތެރި ކުރުމާއެކު، ކަނޑުތަކުގެ ވަސީލަތްތަކުން ލިބޭ އިޤްތިޞާދީ ފައިދާ އިތުރުކުރުމުގެ މަޤްޞަދުގައި މެރިން ސްޕޭޝަލް ޕްލޭނެއް އެކުލަވާލުމަށް ހިންގޭ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދަށުން ތިރީގައި ބަޔާންކުރެވިފައިވާ ދެމަޤާމަށް ޝައުގެވެރިވާ ފަރާތްތައް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މިމިނިސްޓްރީއިން ހުޅުވާލަމެވެ.

 

މަޤާމް:             ޕްރޮގްރާމް ކޯޑިނޭޓަރ  

ބޭނުންވާ ޢަދަދު:        1    

ގިންތި:             ކޮންޓްރެކްޓް

މުއްދަތު:            1 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން:  މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް  އެންޑް އެގްރިކަލްޗަރ

މުސާރަ:             މުޅި އަހަރަށް 28،000 ޑޮލަރުގެ ނިސްބަތުން

 

މަޤާމުގެ ޝަރުތު:

  1. މެރިން ނުވަތަ ފިޝަރީޒް ސައިންސް، އެންވަޔަރަންމަންޓަލް ސައިންސް، އެންވަޔަރަންމަންޓަލް ޕޮލިސީ، އިކޮނޮމިކްސް، ލޯ ނުވަތަ މިނޫންވެސް ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވަގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  2. މެރިން ނުވަތަ ފިޝަރީޒް ސައިންސް، އެންވަޔަރަންމަންޓަލް ސައިންސް، އެންވަޔަރަންމަންޓަލް ޕޮލިސީ، އިކޮނޮމިކްސް، ލޯ ނުވަތަ މިނޫންވެސް ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވަގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • މިމަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލާއި އިތުރު އިނާޔަތްތަކުގެ ތަފްޞީލް (ޓަރމްސް އޮފް ރެފެރެންސް) ގެޒެޓް ވެބްސައިޓުންނާއި، މިމިނިސްޓްރީގެ މީސްމީޑިއާއިން އަދި ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

 

-------------------------------

 

މަޤާމް:             އެޑްމިނިސްޓްރޭޓިވް ކޯޑިނޭޓަރ  

ބޭނުންވާ ޢަދަދު:        1    

ގިންތި:             ކޮންޓްރެކްޓް

މުއްދަތު:            1 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން:  މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް  އެންޑް އެގްރިކަލްޗަރ

މުސާރަ:             މުޅި އަހަރަށް 17،500 ޑޮލަރުގެ ނިސްބަތުން

 

މަޤާމުގެ ޝަރުތު:

  1. މެރިން ނުވަތަ ފިޝަރީޒް ސައިންސް، އެންވަޔަރަންމަންޓަލް ސައިންސް، ޕޮލިސީ، އިކޮނޮމިކްސް، ލޯ ނުވަތަ މިނޫންވެސް ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވަގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • މިމަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލާއި އިތުރު އިނާޔަތްތަކުގެ ތަފްޞީލް (ޓަރމްސް އޮފް ރެފެރެންސް) ގެޒެޓް ވެބްސައިޓުންނާއި، މިމިނިސްޓްރީގެ މީސްމީޑިއާއިން އަދި ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

 

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  

  • މިމަޤާމްތަކަށް ޤާބިލު ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 29 ޖުލައި 2020 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ވެއިޓް އިންސްޓިޓިއުޓްގެ ޕްރޮގްރާމް މެނޭޖަރ، ރޮބިން ރަމްދީން ([email protected]) އަށް އަދި މިމިނިސްޓްރީގެ ސީނިއަރ ފިޝަރީޒް އޮފިސަރ، މުންޝިދާ އިބްރާހިމް ([email protected]) އަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/ 3339223 ނަމްބަރު  ފޯނާއި ގުޅުއްވުން އެދެމެވެ. އީމެއިލް ކުރާނީ  [email protected] އަށެވެ.

 

                                23 ޛުލްޤައިދާ 1441

14 ޖުލައި 2020