މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯސް

 

ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯސް

 

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ރ. އަތޮޅުކައުންސިލް ގުޅިގެން ރ.އުނގޫފާރުގައި ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ކޯހާ ބެހޭ މަޢުލޫމާތު:

ކޯހުގެ ނަން

ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް 

މުއްދަތު

18 މަސްދުވަސް

ކިޔެވުން ފެށޭ ތާރީޚު

އޭޕްރީލް 2020

ކިޔެވުން އޮންނަ ދުވަސްތައް

ކަނޑައެޅޭ ހަފްތާތަކެއްގެ ބުރާސްފަތި، ހުކުރު، ހޮނިހިރު ( ބޮލޮކް މޯޑް )

ބައިވެރިވުމުގެ އާއްމު ޝަރުތުތައް

ހ. ކާމިޔާބުކަމާއެކު މަތީ ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން. ނުވަތަ

ށ. ކޯހާއި ގުޅުންހުރި ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލް ކޮށްފައިވުން. ނުވަތަ

ނ. މިކޯހަށް ޚާއްސަކޮށްގެން ފަރުމާ ކުރެވިފައިވާ އެމް.އެން.ކިއު.އެފް ލެވެލް 4 ގެ ފައުންޑޭޝަން ސްޓަޑީސް ފުރިހަމަކޮށްފައި ވުން.

ބައިވެރިވުމުގެ އެހެނިހެން ޝަރުތުތައް

ހ. އެމް.އެން.ކިއު.އެފް ލެވެލް 4 ގެ ސަނަދެއް ( ގުޅުން ނެތްދާއިރާއަކުން ) ހާސިލް ކޮށްފައިވުމާއި އެކު މިކޯހަށް ޚާއްސަކޮށްފަރުމާ ކުރެވިފައިވާ ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް ފުރިހަމަކޮށްފައިވުން . ނުވަތަ

ށ. އުމުރުން 20 އަހަރު ވެފައި ވުމާއެކު  ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައި ވުން އަދި 2 އަހަރު  ދުވަހު މަސައްކަތު ތަޖުރިބާ ގުޅޭ ދާއިރާއަކުން ހޯދާފައިވުމާއި އެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް ފުރިހަމަކޮށްފައިވުން .

ކޯސް ބާއްވާ ތަން

ރ.އުނގޫފާރު

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ

ރ.އަތޮޅު ރަށްރަށުގެ ކައުންސިލް އިދާރާތަކުން، ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް / ރ. އަތޮޅު ކައުންސިލްގެ އިދާރާއިން.

 

ހުށަހަޅަންވީ ތާރީޚު

26 މާރިޗު  2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ރ. އަތޮޅު ކައުންސިލް އިދާރާއަށް.

ހުށަހަޅަންޖެހޭ ތަކެތި

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު

އައިޑެންޓިޓީ ކާޑުގެ ފޮޓޯކޮޕީ

އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ސަނަދުތަކުގެ ކޮޕީ

މަސައްކަތުގެ ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔުން

ކޯހުގައި ބައިވެރިވުމާމެދު އިއުތިރާޒު ނުކުރާކަމަށް، ވަޒީފާ އަދާކުރާ އިދާރާއިން ދޭ ލިޔުން

ކޯހުގެ ފީ

-/5000 ރުފިޔާ

ކޯހުގެ ބައިވެރިން ހޮވުން

ކޯހުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެތެރެއިން ކޯހުގައި ބައިވެރިކުރާ ފަރާތްތައް ހޮވާނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން.

އިތުރު މަޢުލޫމާތު

ކަމާބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6580027 ނަންބަރު ފޯނަށް

 

ވީމާ މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

16 ރަޖަބު 1441

 

11 މާރިޗު 2020
ހޯދާ