ދިވެހިރާއްޖެ
| ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯސް | 
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ރ. އަތޮޅުކައުންސިލް ގުޅިގެން ރ.އުނގޫފާރުގައި ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ކޯހާ ބެހޭ މަޢުލޫމާތު:
| ކޯހުގެ ނަން | ޑިޕްލޮމާ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް | 
| މުއްދަތު | 18 މަސްދުވަސް | 
| ކިޔެވުން ފެށޭ ތާރީޚު | އޭޕްރީލް 2020 | 
| ކިޔެވުން އޮންނަ ދުވަސްތައް | ކަނޑައެޅޭ ހަފްތާތަކެއްގެ ބުރާސްފަތި، ހުކުރު، ހޮނިހިރު ( ބޮލޮކް މޯޑް ) | 
| ބައިވެރިވުމުގެ އާއްމު ޝަރުތުތައް | ހ. ކާމިޔާބުކަމާއެކު މަތީ ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން. ނުވަތަ ށ. ކޯހާއި ގުޅުންހުރި ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 4 ގެ ސަނަދެއް ހާސިލް ކޮށްފައިވުން. ނުވަތަ ނ. މިކޯހަށް ޚާއްސަކޮށްގެން ފަރުމާ ކުރެވިފައިވާ އެމް.އެން.ކިއު.އެފް ލެވެލް 4 ގެ ފައުންޑޭޝަން ސްޓަޑީސް ފުރިހަމަކޮށްފައި ވުން. | 
| ބައިވެރިވުމުގެ އެހެނިހެން ޝަރުތުތައް | ހ. އެމް.އެން.ކިއު.އެފް ލެވެލް 4 ގެ ސަނަދެއް ( ގުޅުން ނެތްދާއިރާއަކުން ) ހާސިލް ކޮށްފައިވުމާއި އެކު މިކޯހަށް ޚާއްސަކޮށްފަރުމާ ކުރެވިފައިވާ ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް ފުރިހަމަކޮށްފައިވުން . ނުވަތަ ށ. އުމުރުން 20 އަހަރު ވެފައި ވުމާއެކު ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައި ވުން އަދި 2 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ގުޅޭ ދާއިރާއަކުން ހޯދާފައިވުމާއި އެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް ފުރިހަމަކޮށްފައިވުން . | 
| ކޯސް ބާއްވާ ތަން | ރ.އުނގޫފާރު | 
| އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ | ރ.އަތޮޅު ރަށްރަށުގެ ކައުންސިލް އިދާރާތަކުން، ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް / ރ. އަތޮޅު ކައުންސިލްގެ އިދާރާއިން. | 
| ހުށަހަޅަންވީ ތާރީޚު | 26 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ރ. އަތޮޅު ކައުންސިލް އިދާރާއަށް. | 
| ހުށަހަޅަންޖެހޭ ތަކެތި | ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު އައިޑެންޓިޓީ ކާޑުގެ ފޮޓޯކޮޕީ އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ސަނަދުތަކުގެ ކޮޕީ މަސައްކަތުގެ ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔުން ކޯހުގައި ބައިވެރިވުމާމެދު އިއުތިރާޒު ނުކުރާކަމަށް، ވަޒީފާ އަދާކުރާ އިދާރާއިން ދޭ ލިޔުން | 
| ކޯހުގެ ފީ | -/5000 ރުފިޔާ | 
| ކޯހުގެ ބައިވެރިން ހޮވުން | ކޯހުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެތެރެއިން ކޯހުގައި ބައިވެރިކުރާ ފަރާތްތައް ހޮވާނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން. | 
| އިތުރު މަޢުލޫމާތު | ކަމާބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6580027 ނަންބަރު ފޯނަށް | 
ވީމާ މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.
16 ރަޖަބު 1441