ދިވެހިރާއްޖެ
ނަންބަރު: A)AB-2020/12)
އިޢުލާން |
|
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020ގައި ޙަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދުން |
|
މިކޮމިޝަނުގެ ނަންބަރު: A)AB-2019/260) އިޢުލާނުގައި ހިމަނާފައިވާ ޓްރޭނަރުންގެ ދުވަހު އެލަވަންސްއަށް ބަދަލު ގެންނަން ބޭނުންވާތީ އެ އިޢުލާނު ބާޠިލްކޮށް، 2020 ވަނަ އަހަރު އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމަށް އަތޮޅުތަކާއި ސިޓީތަކުގައި ޓްރެއިނަރުންގެ ގޮތުގައި ޙަރަކާތްތެރިވާނެ 80 (އަށްޑިހަ) ޓްރޭނަރުން ހޯދުމަށް އަލުން އިޢުލާނުކުރީމެވެ.
އޮފިޝަލުން ތަމްރީނުކުރުމަށް ހޮވޭ ޓްރެއިނަރުންނަށް އަމާޒުކޮށް 2020 މާރޗް 07 އިން 13 އަށް ޓްރެއިނިންގ އޮފް ޓްރެއިނާރސް (ޓީ.އޯ.ޓީ) ޕްރޮގްރާމެއް މާލޭގައި ކުރިއަށްގެންދެވޭނެއެވެ. ޓްރެއިނަރުންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް ކުރިއަށްގެންދާ ޓީ.އޯ.ޓީގެ އެންމެހައި ޚަރަދުތައް ހަމަޖައްސާނީ މި ކޮމިޝަނުންނެވެ. ޓީ.އޯ.ޓީ ފުރިހަމަ ކުރައްވާ ފަރާތްތަކާއެކު އިޤުރާރު ކުރެވޭނެއެވެ. ތަމްރީނުކުރުމުގައި އަތޮޅުތަކާއި، ސިޓީތަކުގައި ޙަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/1000 (އެއްހާސް) ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. އަދި ޓްރެއިނިންގ އޮފް ޓްރެއިނާރސް (ޓީ.އޯ.ޓީ) ޕްރޮގްރާމު ފުރިހަމަ ކުރުމުން -/1800 (އެއްހާސް އަށްސަތޭކަ) ގެ އުޖޫރައެއް ދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މިކޮމިޝަނަށް އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކަށް [email protected] ފޮނުވުން އެދެމެވެ. ޓްރެއިނަރުން ހޮވުމުގައި ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، އުގަންނައި ދިނުމުގެ ފަންނުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި ދަންނަވަމެވެ. ކުރިން ކުރެވުނު ނަންބަރު: A)AB-2019/260) އިޢުލާނަށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތައް އަލުން ފޯމް ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ. |
|
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތު |
|
|
|
މަސްއޫލިއްޔަތު |
|
|
|
30 ޖުމާދަލްޢޫލާ 1441 |