ވަޒީފާގެ ފުރުޞަތު
ނަންބަރު: (A)AB-2020/12
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 19:38
ސުންގަޑި: 30 ޖަނަވަރީ 2020 15:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020ގައި ޙަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދުން

 

ނަންބަރު: A)AB-2020/12)

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020ގައި ޙަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދުން

މިކޮމިޝަނުގެ ނަންބަރު: A)AB-2019/260) އިޢުލާނުގައި ހިމަނާފައިވާ ޓްރޭނަރުންގެ ދުވަހު އެލަވަންސްއަށް ބަދަލު ގެންނަން ބޭނުންވާތީ އެ އިޢުލާނު ބާޠިލްކޮށް، 2020 ވަނަ އަހަރު އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމަށް އަތޮޅުތަކާއި ސިޓީތަކުގައި ޓްރެއިނަރުންގެ ގޮތުގައި ޙަރަކާތްތެރިވާނެ 80 (އަށްޑިހަ) ޓްރޭނަރުން ހޯދުމަށް އަލުން އިޢުލާނުކުރީމެވެ.

 

އޮފިޝަލުން ތަމްރީނުކުރުމަށް ހޮވޭ ޓްރެއިނަރުންނަށް އަމާޒުކޮށް 2020 މާރޗް 07 އިން 13 އަށް ޓްރެއިނިންގ އޮފް ޓްރެއިނާރސް (ޓީ.އޯ.ޓީ) ޕްރޮގްރާމެއް މާލޭގައި ކުރިއަށްގެންދެވޭނެއެވެ. ޓްރެއިނަރުންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް ކުރިއަށްގެންދާ ޓީ.އޯ.ޓީގެ އެންމެހައި ޚަރަދުތައް ހަމަޖައްސާނީ މި ކޮމިޝަނުންނެވެ. ޓީ.އޯ.ޓީ ފުރިހަމަ ކުރައްވާ ފަރާތްތަކާއެކު އިޤުރާރު ކުރެވޭނެއެވެ. ތަމްރީނުކުރުމުގައި އަތޮޅުތަކާއި، ސިޓީތަކުގައި ޙަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/1000 (އެއްހާސް) ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. އަދި ޓްރެއިނިންގ އޮފް ޓްރެއިނާރސް (ޓީ.އޯ.ޓީ) ޕްރޮގްރާމު ފުރިހަމަ ކުރުމުން -/1800 (އެއްހާސް އަށްސަތޭކަ) ގެ އުޖޫރައެއް ދެވޭނެއެވެ.  

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މިކޮމިޝަނަށް އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކަށް [email protected] ފޮނުވުން އެދެމެވެ. ޓްރެއިނަރުން ހޮވުމުގައި ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، އުގަންނައި ދިނުމުގެ ފަންނުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އަދި ދަންނަވަމެވެ. ކުރިން ކުރެވުނު ނަންބަރު: A)AB-2019/260) އިޢުލާނަށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާފައިވާ ފަރާތްތައް އަލުން ފޯމް ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތު

  1. މަސައްކަތާގުޅޭ ދާއިރާއިން ސެޓްފިކެޓް ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޟިލުކޮށްފައިވުން. ނުވަތަ،
  2. ކިޔަވައި ދިނުމާއި، ތަމްރީނު ދިނުމުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ، ވޭތުވެ ދިޔަ އިންތިޚާބުތަކުގައި އުޅެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. އިންތިޚާބަށް ތަމްރީނުކުރަންޖެހޭ އެކި ފަރާތްތައް ތަމްރީނުކުރެވޭނެ ފެންވަރުހުރިކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.

މަސްއޫލިއްޔަތު

  • ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި މަސައްކަތްކުރާ އޮފިޝަލުން ތަމްރީންކުރުން.
  • ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި އަތޮޅުތަކަށް ފޮނުވާ ވޯޓު ކަރުދާސްތަކާއި ކަމާބެހޭ އެހެނިހެން ސާމާނު މާލެއިން އަތޮޅުތަކަށް ގެންދިޔުމާއި އަދި ވޯޓުލާ ނިމުމުން އެ ތަކެތި އަނބުރާ މާލެ ގެނައުން.
  • ވޯޓުލާ ދުވަހު ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން ކޮމިޝަނުގެ ލަފާގެ މަތިން ދޭންޖެހޭ ފަންނީ ލަފަޔާއި އެހީތެރިކަން ވޯޓުލާ މަރުކަޒުގެ ވެރިންނަށް ދިނުން.
  • އިންތިޚާބު ނިމުމުން މަސައްކަތް ހިނގައި ދިޔަގޮތާބެހޭ ރިޕޯޓެއް ތައްޔާރުކޮށް ކޮމިޝަނަށް ހުށަހެޅުން.

30 ޖުމާދަލްޢޫލާ 1441

 

25 ޖަނަވަރީ 2020