ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
އެއަރޕޯޓްތަކަށް ބޭނުންވާ އެއަރޕޯޓް ކާގޯ އެންޑް ބެގޭޖް ޓްރެކްޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

        ކުޅުދުއްފުށި، ފުނަދޫ އަދި މާވަރުލު އެއަރޕޯޓަށް ބޭނުންވާ އެއަރޕޯޓް ކާގޯ އެންޑް ބެގޭޖް ޓްރެކްޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)448/1/2019/88 އިޢުލާނާއި ގުޅިގެން އަގު ހުށައަޅުއްވާފައިވަނީ 02 ފަރާތުން ކަމަށްވާތީވެ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

        ވީމާ، މިކަމަށް އެދި ޝަޢުގްވެރިވެލައްވާ ފަރާތްތަކުން 15 އޮކްޓޯބަރ 2019 ވާ އަންގާރަ ދުވަހުގެ 11:30 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ 11 ވަނަ ފަންގިފިލާ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މި އިއުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މައޫލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ މަސައްކަތު ގަޑީގައި) 3323776 ނަންބަރު ފޯނާއެވެ.

08 އޮކްޓޫބަރު 2019
ހޯދާ