ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން އިމާރާތް ނުކުރެވި ހުރި ގޯތިތަކުގައި ގެ އިމާރާތް ކުރުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން  ސަރުކާރުން އަތޮޅުތަކަށް އަމާޒް ކުރައްވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢުގެ ތެރެއިން އަމިއްލަ ގޯތީގައި ގެ (ހައުސިންގ ޔުނިޓް) އިމާރާތް ކުރުމަށް އެދޭ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު 01 އޮކްޓޯބަރު 2019 އިން 17 އޮކްޓޯބަރު 2019 ގެ ނިޔަލަށް މުއްދަތު އިތުރުކޮށް ހުޅުވާލަމެވެ.

އަމިއްލަ ގޯތީގައި ގެ (ހައުސިންގ ޔުނިޓް) އިމާރާތް ކުރުމަށް އެދޭ ފަރާތްތަކުން، ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު 09:00 އިން 13:00 އަށެވެ.

މިމަޝްރޫޢާއި ގުޅިގެން ހައުސިންގ މިނިސްޓްރީއިން އެކުލަވާލާފައިވާ އުޞޫލު މިޢުލާނާއި އެކު މިއިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައިވާނެއެވެ. މިއިދާރާއިން ފޯމް ދޫކުރަން ފަށާ ތާރީޚުން ފެށިގެން މިއިދާރާގެ ވެބްސައިޓް www.madaveli.gov.mv އިން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް އެދި ފޯމް ހުށަހަޅުއްވާއިރު ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަނުވާ ފޯމްތަކާއި، މަޢުލޫމާތު ފުރިހަމަ ނުވާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ  ދެންނެވީމެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

01 އޮކްޓޫބަރު 2019
ހޯދާ