ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިބަރު މަސައްކަތް ކުރުމަށް 03 ބިމެއް ކުއްޔަށް ދޫކުރުމާބެހޭ

އިޢުލާން

 

 

ފައިބަރު މަސައްކަތް ކުރުމަށް 03 ބިމެއް ކުއްޔަށް ދޫކުރުމާބެހޭ

 

            މިރަށު ދެކުނުކޮޅު ކުދިންގެމަގު އަތިރީފަޅިން ފައިބަރުގެ މަސައްކަތް ކުރުމަށް 50x100 ފޫޓުގެ 01 (އެކެއް) ބިމާއި، 50x50 ފޫޓުގެ 02 (ދޭއް) ބިން ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކު އަކަފޫޓަކަށް 60/- ލާރި (ފަސްދޮޅަސް ލާރި) އަށްވުރެ ކުޑަނުވާ އަގަކަށެވެ.

 

            ވީމާ، ބިން ކުއްޔަށް ހިފުމަށް އެދިލައްވާ ފަރާތްތަކުން 30 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 06 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

 

                  މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

 

                  26 މުހައްރަމް   1441

                  25 ސެޕްޓެމްބަރ 2019 

25 ސެޕްޓެންބަރު 2019
ހޯދާ