ދިވެހިރާއްޖެ
ބްރޯޑްކާސްޓިންގ ދުވަހުގެ ޙަފްލާ ސްޕޮންސަރ ކުރާނެ ފަރާތެއް ހޯދުން
އިޢުލާން
2019 ވަނަ އަހަރު ރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގަން ރާވާފައިވާ ޚަރަކާތްތަކުގެ ތެރޭގައި، ރާއްޖޭގައި ބްރޯޑްކާސްޓްކުރަމުންދާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެވޯޑު ޙަފްލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން، މި ޙަފްލާ ސްޕޮންސަރ ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި ހަފްލާ ސްޕޮންސަރ ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 23 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ މެންދުރު 1200 ގެ ކުރިން ސިޓީއަކުން ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް އެ ފަރާތްތަކުގެ މައުލޫމާތު މި ކޮމިޝަނާ ހިއްސާކުރެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅު ނަމަ ޓެލެފޯނު ނަންބަރު: 3334328 ނުވަތަ 3334314 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
18 މުޙައްރަމު 1441