ދެންނެވުން
ނަންބަރު: (IUL)427-PPR/427/2019/15 ނަންބަރު
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 0843
ސުންގަޑި: 23 ސެޕްޓެންބަރު 2019 0000
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ބްރޯޑްކާސްޓިންގ ދުވަހުގެ ޙަފްލާ ސްޕޮންސަރ ކުރާނެ ފަރާތެއް ހޯދުން

ބްރޯޑްކާސްޓިންގ ދުވަހުގެ  ޙަފްލާ ސްޕޮންސަރ ކުރާނެ ފަރާތެއް ހޯދުން

 

އިޢުލާން

 

2019 ވަނަ އަހަރު ރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގަން ރާވާފައިވާ ޚަރަކާތްތަކުގެ ތެރޭގައި، ރާއްޖޭގައި ބްރޯޑްކާސްޓްކުރަމުންދާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެވޯޑު ޙަފްލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން، މި ޙަފްލާ ސްޕޮންސަރ ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ވީމާ، މި ހަފްލާ ސްޕޮންސަރ ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 23 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ މެންދުރު 1200 ގެ ކުރިން ސިޓީއަކުން ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް އެ ފަރާތްތަކުގެ މައުލޫމާތު މި ކޮމިޝަނާ ހިއްސާކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅު ނަމަ ޓެލެފޯނު ނަންބަރު: 3334328 ނުވަތަ 3334314 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

                              18 މުޙައްރަމު 1441

 

2019-09-17