އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިރާ ސްކޫލްގެ އާ ޢިމާރާތް ހުޅުވުމާއި ގުޅިގެން އެސަރަޙައްދުގެ މަގުތައް ބޭނުން ކުރުމުގައި ސަމާލުކަންދޭންވާ ކަންކަމާއިގުޅޭ

އިޢުލާން

ހިތަދޫގައި ޙިރާސްކޫލްގެ އާ ޢިމާރާތް 30 ޖޫން 2019 ވަނަ ދުވަހުން ފެށިގެން ބޭނުންކުރުމަށް ހަމަޖެހިފައިވާތީ އެ ސްކޫލް ހިމެނޭ ސަރަޙައްދުގެ މަގުތައް ބޭނުން ކުރައްވާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

  1. ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނު މަގުން ހިރާސްކޫލްގެ ކުރިމަތިން އޮންނަ އަލިވާމަގު އޮންނާނީ ނުވަދެވޭގޮތަށް ބަންދުކޮށްފައެވެ.
  2. ހިރާ ސްކޫލް އަށް ދަތުރުކުރާ ޓްރެފިކް ސްކޫލްގެ ކުރިމައްޗަށް ވަނުމަށް ހަމަޖެހިފައިވަނީ އަމީނީމަގުން ގޮސް ހިރާ ސްކޫލްގެ ކުރިމަތީގައި އަލަށް ހެދި ހިރާމަގުގެ ހުޅަނގުފަރާތު ލޭނުން ގޮސް ސްކޫލްގެ ގޭޓް ކުރިމައްޗަށެވެ. މި ޓްރެފިކް ނިކުންނާނީ ޔޫޓާންއެއް ނަގައި މިމަގުގެ އިރުމަތީ ފަރާތު ލޭނުން ދެކުނަށްގޮސް އަމީނީމަގަށެވެ.
  3. ހިރާ ސްކޫލަށް ދަތުރުކުރާ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހަވީރީމަގާއި އަލިވާމަގު ގުޅުނު ހިސާބުން ސްކޫލް ސަރަޙައްދަށް ނުވަދެވޭނެއެވެ.

ވީމާ ހިތަދޫ އަވަށުގައި އެއްގަމު ދަތުރުކުރައްވާ އެންމެހައި ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައި މި އިޢުލާނާއި އެއްގޮތަށް އަމަލުކުރެއްވުމަށް ދަންނަވަމެވެ.

22 ޝައްވާލް 1440ހ.

25 ޖޫން 2019
ހޯދާ