މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
1440 ވަނަ އަހަރުގެ ރަމަޟާންމަހު މިނިސްޓްރީގެ ޚިދުމަތަށް އެދޭ ޓޯކަން ނަންބަރު ދޫކުރާ ގަޑިތަކަށް ބަދަލުގެނައުން

އިޢްލާން

1440 ވަނަ އަހަރުގެ ރަމަޟާންމަހު މިނިސްޓްރީގެ ޚިދުމަތަށް އެދޭ ޓޯކަން ނަންބަރު ދޫކުރާ ގަޑިތަކަށް ބަދަލުގެނައުން

 

1 ރަމަޟާން 1440 އިން ފެށިގެން 7 ޝައްވާލް 1440 އަށް މިމިނިސްޓްރީގެ ކައުންޓަރުންދޭ ޚިދުމަތްތަކަށް އެދޭ ޓޯކަން ނަންބަރު ދޫކުރާ ގަޑިތަކަށް ބަދަލުގެނެސް، ތިރީގައިވާ ގޮތަށް އަމަލުކުރުމަށް ހަމަޖެހިފައިވާކަން އާންމުކޮށް އަންގާ އިޢްލާން ކުރީމެވެ.

  1. ޓޯކަން ނަންބަރު ދޫކުރާ ގަޑި: ހެނދުނު 09:00 އިން މެންދުރު 12:00 އަށް.
  2. ޓޯކަން ނަންބަރުތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑި: ހެނދުނު 09:00 އިން މެންދުރު 1:00 އަށް.

މިގޮތަށް ޚިދުމަތުގެ ގަޑިއަށް ބަދަލު ގެނެވުނުކަމުގައިވިޔަސް މިނިސްޓްރީގެ 'ކްލަޔަންޓް ޗަރޓަރ' އަށް އެއްވެސް ބަދަލެއް ގެނެވިފައިނުވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

30 އޭޕްރިލް 2019
ހޯދާ