ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)101-BR/1/2019/165
                    ޕަބްލިޝްކުރި ތާރީޚް: 30 އެޕްރީލް 2019
                    ޕަބްލިޝްކުރި ގަޑި:  14:57
                    
                މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
1440 ވަނަ އަހަރުގެ ރަމަޟާންމަހު މިނިސްޓްރީގެ ޚިދުމަތަށް އެދޭ ޓޯކަން ނަންބަރު ދޫކުރާ ގަޑިތަކަށް ބަދަލުގެނައުން
                                އިޢްލާން
1440 ވަނަ އަހަރުގެ ރަމަޟާންމަހު މިނިސްޓްރީގެ ޚިދުމަތަށް އެދޭ ޓޯކަން ނަންބަރު ދޫކުރާ ގަޑިތަކަށް ބަދަލުގެނައުން
1 ރަމަޟާން 1440 އިން ފެށިގެން 7 ޝައްވާލް 1440 އަށް މިމިނިސްޓްރީގެ ކައުންޓަރުންދޭ ޚިދުމަތްތަކަށް އެދޭ ޓޯކަން ނަންބަރު ދޫކުރާ ގަޑިތަކަށް ބަދަލުގެނެސް، ތިރީގައިވާ ގޮތަށް އަމަލުކުރުމަށް ހަމަޖެހިފައިވާކަން އާންމުކޮށް އަންގާ އިޢްލާން ކުރީމެވެ.
- ޓޯކަން ނަންބަރު ދޫކުރާ ގަޑި: ހެނދުނު 09:00 އިން މެންދުރު 12:00 އަށް.
 - ޓޯކަން ނަންބަރުތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑި: ހެނދުނު 09:00 އިން މެންދުރު 1:00 އަށް.
 
މިގޮތަށް ޚިދުމަތުގެ ގަޑިއަށް ބަދަލު ގެނެވުނުކަމުގައިވިޔަސް މިނިސްޓްރީގެ 'ކްލަޔަންޓް ޗަރޓަރ' އަށް އެއްވެސް ބަދަލެއް ގެނެވިފައިނުވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
                30 އެޕްރީލް 2019