މަސައްކަތް
ނަންބަރު: (IUL)13-K/13/2021/168
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 02 ސެޕްޓެންބަރު 2021 13:00
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ކަޑައެޅިފައިވާ ސަރަހައްދުތަކުގައި ބެޓެރި އެނާރޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް.) ސަޕްލައި، އިންސްޓޯލް، ކޮމިޝަން، އޮޕަރޭޓް އަދި ޓްރާންސްފަރ ކުރުުގެ މަސައްކަތް

ޕްރީކޮލިފައިވުމަށް ހުށަހެޅުމުގެ ދަޢުވަތު  

ޤައުމު:

ދިވެހިރާއްޖެ

ޕްރޮޖެކްޓްގެ ނަން:

އެކްސެލެރޭޓިންގ ރިނިއުއަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިޒް) ޕްރޮޖެކްޓް ARISE – P172788

ކޮންޓްރެކްޓްގެ ސުރުޙީ:

މި ޕްރޮޖެކްޓްގެ ދަށުން ދިވެހިރާއްޖޭގައި ކަޑައެޅިފައިވާ ސަރަހައްދުތަކުގައި ބެޓެރި އެނާރޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް.) ސަޕްލައި، އިންސްޓޯލް، ކޮމިޝަން، އޮޕަރޭޓް އަދި ޓްރާންސްފަރ ކުރުން.

ލޯން ނަންބަރު:

TF0B4303

ޕީ.ކިއު. ރިފަރަންސް ނަންބަރު:

MV-MEE-224266-CW-RFB-PQ

 

1. އެކްސެލެރޭޓިންގ ރިނިއުއަބަލް އެނަރޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިޒް) ޕްރޮޖެކްޓް ޚަރަދު ތަކަށް ވޯރލްޑް ބޭންކުންވަނީ ދިވެހި ސަރުކާރަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. އަދި ސަރުކާރުންވަނީ މިފައިސާގެ ބައެއް ތިރީގައި މި ދަންނަވާ ކޮންޓްރެކްޓް ތަކަށް ޚަރަދުކުރަން ގަސްތުކޮށްފައެވެ.

މި ޕްރޮޖެކްޓްގެ ދަށުން ދިވެހިރާއްޖޭގައި ކަޑައެޅިފައިވާ ރައްތަކުގައި ބެޓެރި އެނާރޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް.) ސަޕްލައި، އިންސްޓޯލް، ކޮމިޝަން، އޮޕަރޭޓް އަދި ޓްރާންސްފަރ ކުރުން.

ލޮޓް 1: މި ޕްރޮޖެކްޓްގެ ދަށުން އައްޑޫ، ސ. ހުޅުދޫ-މީދޫ، ޏ. ފުވައްމުލައް، ގދ. ތިނަދޫ، ހދ. ކުޅުދުއްފުށި، ބ. އޭދަފުށި، އަދި ޅ. ހިންނަވަރުގައި ކަޑައެޅިފައިވާ ތަންތަނުގައި MWh24 ބެޓެރި އެނާރޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް.) ސަޕްލައި، އިންސްޓޯލް، ކޮމިޝަން، އޮޕަރޭޓް އަދި ޓްރާންސްފަރ ކުރުން.

ލޮޓް 2: މި ޕްރޮޖެކްޓްގެ ދަށުން ލ. އަތޮޅުގެ ރަށްތަކުގައި (ފޮނަދޫ، ގަން، ދަނބިދޫ، އިސްދޫ-ކަލައިދޫ، މާބައިދޫ، މާމެންދޫ، ކުނަހަންދޫ-ހިތަދޫ، އަދި މާވަށް)، ޅ. ނައިފަރު، ދ. ކުޑަހުވަދޫ، ގއ. ވިލިގިލި، އަދި ށ. ފުނަދޫގައި ކަޑައެޅިފައިވާ ތަންތަނުގައި MWh16 ބެޓެރި އެނާރޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް.) ސަޕްލައި، އިންސްޓޯލް، ކޮމިޝަން، އޮޕަރޭޓް އަދި ޓްރާންސްފަރ ކުރުން.

2. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގެ އެދިލެއްވުމުގެ މަތިން، މަތީގައިވާ މަސައްކަތްތަކަށް ޝަރުތުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ޕްރީކޮލިފައިވުމަށް ކުރިމަތިލުމުގެ ދަޢުވަތު އަރުވަމެވެ. އިތުރު މަޢުލޫމާތު ޕްރީކޮލިފިކޭޝަން ޑޮކިއުމަންޓްގެ ސެކްޝަން VII ގައި ހިމެނިފައި ވާނެއެވެ. މި މަސައްކަތްތަކުގެ ރިކުއެސްޓް ފޯރ ބިޑް އިޢުލާން ކުރުމަށް ގަސްދުކުރެވިފައިވަނީ ނޮވެމްބަރ 2021 ގައެވެ.

3. މި މަސައްކަތަށް ޕްރީކޮލިފައި ކުރުމުގައި ޢަމަލުކުރާނީ "ވޯރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވާރސް ޑޭޓަޑް ޖުލައި 2016، ރިވައިސްޑް ނޮވެމްބަރ 2017 އެންޑް އޮގަސްޓް 2018" ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ގެ ދަށުންނެވެ.

4. މިބީލަމުގައި ބައިވެރިވުމަށް  -/1500ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ ނުވަތަ 100ޔޫ.އެސްޑޮލަރ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 10 ޖޫން2021 އިން 26 އޮގަސްޓް 2021އަށް،މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު ތިރީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދިފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 8ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ. 

5. މި ޕްރޮޖެކްޓުގެ ޕްރީކޮލިފިކޭޝަން ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނސްޓްރީގެ ވެބްސައިޓް  www.finance.gov.mv/tendersއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

6. މި ޕްރޮޖެކްޓަށް ޕްރީކޮލިފައިވުމަށް ޝައުގުވެރިކަން ހުރި ޝަރުތުހަމަވާ ފަރާތްތަކުން 15 ޖުލައި 2021 ވަނަ ދުވަހުގެ 13:30 ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ މިނިސްޓްރީ އޮފް ފައިނޭންސްގެ ނެޝަންލް ޓެންޑަރގެ އެޑްރެހުން ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެއެވެ.

7. ޕްރީކޮލިފިކޭޝަން އެޕްލިކޭޝަންތައް ސެޕްޓެމްބަރ 02، 2021 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އެޕްލިކޭޝަންތައް ހުންނަންވާނީ ޕްރީކޮލިފިކޭޝަން ޑޮކިއުމަންޓްގައި ބަޔާން ކޮށްފައިވާ ގޮތަށް ސިޓީއުރަ ތައްޔާރުކޮށް ބަންދުކޮށްފައެވެ.

8. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ބްލޮކް 379، ޕޯސްޓަލް ކޯޑް 20379

ދިވެހިރާއްޖެ،

ފޯން   : (+960) 3349102, (+960) 3349106, (+960)3349147 

އީމެއިލް  : [email protected]

ކޮޕީ   : [email protected]

9. މި އިޢުލާނު ތިރީގައިވާ ވެބްސައިޓްތަކުގައި ޝާއިޢުކޮށްފައިވާނެއެވެ.

www.finance.gov.mv

www.devbusiness.com

www.gazette.gov.mv

 

10 ޖޫން 2021