ދިވެހިރާއްޖެ
އިޢުލާން
ޕަބްލިކް ވަރކްސް ސަރވިސަސްއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ގއ. ކަނޑުހުޅުދޫގައި ހަދަން ފަށާފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)447-PR/1/2018/60) އިޢުނާންއާއި ގުޅޭގޮތުން ދަންނަވަމެވެ.
ހަވާލާދެވިފައިވާ އިޢުލާން އާއި ގުޅިގެން އަގު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމުގެ ގޮތުން، އެ އިޢުލާންގައިވާ އަގު ހުށަހެޅުމުގެ މުއްދަތު 2018 ޖޫން 12 ވާ އަންގާރަ ދުވަހާ ހަމައަށް އިތުރު ކުރެވިފައިވާ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ޖޫން 12 ވާ އަންގާރަ ދުވަހުގެ 13:00އަށް މި ސަރވިސަސްއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާންއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް 3020853 ނަންބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުންއެދެމެވެ.
23 ރަމަޟާން 1439
