މަސައްކަތް
ނަންބަރު: (IUL)447-PR/1/2018/61
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2018
ޕަބްލިޝްކުރި ގަޑި: 14:22
ސުންގަޑި: 12 ޖޫން 2018 13:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގއ. ކަނޑުހުޅުދޫގައި ހަދަން ފަށާފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާންގެ އަގުހުށަހަޅަންޖެހޭ މުއްދަތު އިތުރު ކުރުމާއި ގުޅޭ

އިޢުލާން

ޕަބްލިކް ވަރކްސް ސަރވިސަސްއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ގއ. ކަނޑުހުޅުދޫގައި ހަދަން ފަށާފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)447-PR/1/2018/60) އިޢުނާންއާއި ގުޅޭގޮތުން ދަންނަވަމެވެ.

ހަވާލާދެވިފައިވާ އިޢުލާން އާއި ގުޅިގެން އަގު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމުގެ ގޮތުން، އެ އިޢުލާންގައިވާ އަގު ހުށަހެޅުމުގެ މުއްދަތު 2018 ޖޫން 12 ވާ އަންގާރަ ދުވަހާ ހަމައަށް އިތުރު ކުރެވިފައިވާ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ޖޫން 12 ވާ އަންގާރަ ދުވަހުގެ 13:00އަށް މި ސަރވިސަސްއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާންއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް 3020853 ނަންބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުންއެދެމެވެ.

 23 ރަމަޟާން  1439 

07 ޖޫން 2018