މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރ. ވަންދޫއަށް މެއިންޓެނަންސް އޮފިސަރެއް ހޯދުން

ރ.ވަންދޫގައި ޤާއިމުކުރެވޭ އުތުރު ސަރަޙައްދުގެ ކުނި މެނޭޖްކުރާ މަރުކަޒަށް މެއިންޓެނަންސް އޮފިސަރެއް ބޭނުންވެއެވެ.

މަޤާމު:

މެއިންޓެނަންސް އޮފިސަރ

ބޭނުންވާ އަދަދު:

01

ވަޒީފާ އަދާކުރަންޖެހޭ ތަން:

އުތުރު ސަރަޙައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި ސަރވިސް އެލަވަންސް އަދި ރިސްކް އެލަވަންސް:

-/8000 ރުފިޔާއާއި -/10000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

  • ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ ޢިމާރާތްތަކާއި ވަސީލަތްތަކުގައި ކުރަންޖެހޭ އެންމެހާ މަރާމާތުތައްކޮށް ބެލެހެއްޓުން

ފެންވަރު ނުވަތަ ޝަރުޠު:

  1. ތަޢުލީމީ ފެންވަރު އެންމެ ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރުން.
  2. މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
  4. މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

އިތުރު އިނާޔަތްތައް:

  • ކަނޑައެޅިފައިވާ އުސޫލުގެ މަތިން، މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު ފުޑް އެލަންސްގެ ގޮތުގައި-/60 ރުފިޔާ އަދި އިތުރުގަޑީގެ ފައިސާ ކޮންމެ މަހަކު ދެވޭނެއެވެ.
  • ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ރ.ވަންދޫގައި ހުރުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. އަދި ރ. އިންނަމާދޫ އާއި ރ. ރަސްމާދޫގައި ދިރިއުޅުއްވާ ފަރާތްތަކަށް ޑިއުޓީ ނިންމުމަށްފަހު އެނބުރި ރަށަށް ދިއުމުގެ ދަތުރުފަތުރު ހަމަޖައްސައިދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޤާމަށް އެދި ހުށަހަޅާ ސިޓީ
  2. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ
  3. މަސައްކަތުގެ ތަޖުރިބާ / ލިބިފައިވާ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޖުރިބާ
  2. އިންޓަރވިއު
  3. މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

އިތުރު މަޢުލޫމާތު:

  • އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.  
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3018415 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

ސުންގަޑި އަދި ލިޔުން ހުށަހަޅަންޖެހޭ އިދާރާ:

2016 މާރިޗު 24 (ބުރާސްފަތި) ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރުމަންޓް އެންޑް އެނަރޖީ (ގްރީން ބިލްޑިންގ) އަށް ނުވަތަ،

މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް.

17 މާރިޗު 2016
ހޯދާ