|
މަޤާމު:
|
މެއިންޓެނަންސް އޮފިސަރ
|
|
ބޭނުންވާ އަދަދު:
|
01
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އުތުރު ސަރަޙައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)
|
|
މުސާރައާއި ސަރވިސް އެލަވަންސް އަދި ރިސްކް އެލަވަންސް:
|
-/8000 ރުފިޔާއާއި -/10000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
|
މަޤާމުގެ މައިގަނޑު މަސައްކަތްތައް:
|
- ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ ޢިމާރާތްތަކާއި ވަސީލަތްތަކުގައި ކުރަންޖެހޭ އެންމެހާ މަރާމާތުތައްކޮށް ބެލެހެއްޓުން
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ތަޢުލީމީ ފެންވަރު އެންމެ ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރުން.
- މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
- މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
|
|
އިތުރު އިނާޔަތްތައް:
|
- ކަނޑައެޅިފައިވާ އުސޫލުގެ މަތިން، މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު ފުޑް އެލަންސްގެ ގޮތުގައި-/60 ރުފިޔާ އަދި އިތުރުގަޑީގެ ފައިސާ ކޮންމެ މަހަކު ދެވޭނެއެވެ.
- ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ރ.ވަންދޫގައި ހުރުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. އަދި ރ. އިންނަމާދޫ އާއި ރ. ރަސްމާދޫގައި ދިރިއުޅުއްވާ ފަރާތްތަކަށް ޑިއުޓީ ނިންމުމަށްފަހު އެނބުރި ރަށަށް ދިއުމުގެ ދަތުރުފަތުރު ހަމަޖައްސައިދެވޭނެއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މަޤާމަށް އެދި ހުށަހަޅާ ސިޓީ
- މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ / ލިބިފައިވާ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
|
|
މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:
|
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޖުރިބާ
- އިންޓަރވިއު
- މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު
|
|
އިތުރު މަޢުލޫމާތު:
|
- އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3018415 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
|
ސުންގަޑި އަދި ލިޔުން ހުށަހަޅަންޖެހޭ އިދާރާ:
|
2016 މާރިޗު 24 (ބުރާސްފަތި) ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރުމަންޓް އެންޑް އެނަރޖީ (ގްރީން ބިލްޑިންގ) އަށް ނުވަތަ،
މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް.
|