ދިވެހިރާއްޖެ
ކައުންސިލަށް 1 އަހަރު ދުވަހަށް ޕިކަޕް ޑްރައިވަރެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން.
މިއިދާރާއިން ކަނޑައަޅާ އުޞޫލެއްގެ މަތިން މި އިދާރާގެ ބެލުމުގެ ދަށުގައިވާ ޕިކަޕްތައް 1 އަހަރު ދުވަހުގެ މުއްދަތަކަށް، ދުއްވައި، ދަތުރުތައް ކުރުމާއި އަދި ޤަވާއިދުން ރަށުތެރެއިން ކުނި އުކުމުގެ މަސައްކަތް ކޮށްދޭނެ " 1 ޑްރައިވަރ " ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް / މަސްޢޫލިއްޔަތު
- ކައުންސިލުން ކަނޑައަޅާ ތާވަލާ އެއްގޮތަށް ކޮންމެ ދުވަހަކު ވެސް ޤަވާއިދުން ރަށުތެރެއިން ކުނި ނަގައި، ކުނި މެނޭޖްކުރާ މަރުކަޒަށް އުކާލުމުގެ މަސައްކަތް ކުރުން.
- ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސް ހިމެނޭ ގޮތަށް، މަހުގެ ހުރިހާ ދުވަހަކު ވެސް މެދުކެނޑުމެއްނެތި ކުނި އުކުމުގެ ޚިދުމަތް ފޯރުކޮށްދިނުން.
- ކައުންސިލްގެ އިދާރީ މަސައްކަތްތަކާއި އެކި ޕްރޮޖެކްޓްތަކާއި ގުޅިގެން ކައުންސިލުން އަންގާ ދަތުރުތައް ކުރުން.
- ކައުންސިލްގެ އެކި މަސައްކަތްތަކަށް ބޭނުންވާ ތަކެތި އުފުލުމަށާއި، ކައުންސިލުން އަންގާ ރަސްމީ އެންމެހައި ދަތުރުތައް ވަގުތުން ވަގުތަށް ކުރުން.
- މޫސުމީ ޙާލަތްތަކާ ހުރެ ނުވަތަ އެނޫންވެސް މަޤްބޫލު ސަބަބަކާ ހުރެ ތާވަލުކުރެވިފައިވާ ގަޑިއަށް މަސައްކަތް ނުކުރެވިއްޖެނަމަ، އެ ދުވަހުގެ އެހެން ވަގުތެއްގައި ކައުންސިލުން އަންގާ ގޮތެއްގެ މަތިން މަސައްކަތް ފުރިހަމަކުރުން.
- މައިގަނޑު ޑްރައިވަރަށް ނާދެވޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޚިދުމަތްދޭ ފަރާތުގެ ޚަރަދާއި ޒިންމާގައި، ބަދަލު ޑްރައިވަރެއް (ލައިސަންސް އޮތް ޑްރައިވަރެއް) ވަގުތުން ހަމަޖެއްސުން.
- ދުވަހުގެ މަސައްކަތް ނިމުމުން، ޚާއްސަކޮށް ކުނި އުކުމަށްފަހު ޕިކަޕް ދޮވެ ސާފުކޮށް ބޭއްވުން.
- އުޅަނދަށް ދިމާވާ އެއްވެސް މައްސަލައެއް ނުވަތަ މަރާމާތެއް ބޭނުންވެއްޖެނަމަ ލިޔުމުން ނުވަތަ ރަސްމީކޮށް ނުވަތަ އަނގަބަހުން ހަވާލުވެފައިވާ ސުޕަވައިޒަރަށް އެންގުން.
މަސައްކަތަށް ކުރިމަތިލެވޭނެ ފަރާތްތައް
- ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް.
- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ވަކި ވަކި ފަރުދުންނަށް
- ޖަމިއްޔާ ޖަމާޢަތްތައް.
މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން
މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
އަންދާސީހިސާބު ހުށަހެޅުމާއި ބަލައިގަތުން |
އަންދާސީހިސާބު ހުށަހަޅަންވީ ތަން |
|
02 ޑިސެމްބަރ 2026 - 13:00 |
އަންދާސީހިސާބު ހުށަހަޅާނީ ގައްދޫ ކައުންސިލް އިދާރާއަށް ހާޟިރުވެއެވެ. |
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
- ފުރިޙަމަކޮށްފައިވާ އަންދާސީހިސާބު ހުށަހަޅާ ފޯމު.
- އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ / ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްނަމަ ރަޖިސްޓްރޭޝަން ކޮޕީ.
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތުގެ ތަޖުރިބާ ދައްކުވައިދޭ ލިޔުންތައް.
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ މިންގަނޑު
|
ހުށަހަޅާ އަގު: |
85% (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ މަތީ މާކްސް ލިބިގެންދާނެއެވެ. ) |
|
ތަޖުރިބާ: |
15% (މި މާކްސް ދޭނީ މިފަދަ މަސައްކަތްތަކުގައި ލިބިފައިވާ ތަޖުރިބާއަށް ބަލައިގެންނެވެ.) |
މިމަސައްކަތާއި ގުޅޭ ބިޑް ހުށަހަޅަންޖެހޭ ފޯމް އިޢުލާނާއި އެއްކޮށް އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9900297 ނުވަތަ [email protected]އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
