ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419-CAA/419/2026/106
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 15:12
ސުންގަޑި: 02 ޑިސެންބަރު 2026 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަށް 1 އަހަރު ދުވަހަށް ޕިކަޕް ޑްރައިވަރެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން.

ކައުންސިލަށް 1 އަހަރު ދުވަހަށް ޕިކަޕް ޑްރައިވަރެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން.

 

މިއިދާރާއިން ކަނޑައަޅާ އުޞޫލެއްގެ މަތިން މި އިދާރާގެ ބެލުމުގެ ދަށުގައިވާ ޕިކަޕްތައް 1 އަހަރު ދުވަހުގެ މުއްދަތަކަށް، ދުއްވައި، ދަތުރުތައް ކުރުމާއި އަދި ޤަވާއިދުން ރަށުތެރެއިން ކުނި އުކުމުގެ މަސައްކަތް ކޮށްދޭނެ " 1 ޑްރައިވަރ " ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް / މަސްޢޫލިއްޔަތު

  1. ކައުންސިލުން ކަނޑައަޅާ ތާވަލާ އެއްގޮތަށް ކޮންމެ ދުވަހަކު ވެސް ޤަވާއިދުން ރަށުތެރެއިން ކުނި ނަގައި، ކުނި މެނޭޖްކުރާ މަރުކަޒަށް އުކާލުމުގެ މަސައްކަތް ކުރުން.
  2. ރަސްމީ ބަންދު ދުވަސްތަކާއި ހުކުރު ދުވަސް ހިމެނޭ ގޮތަށް، މަހުގެ ހުރިހާ ދުވަހަކު ވެސް މެދުކެނޑުމެއްނެތި ކުނި އުކުމުގެ ޚިދުމަތް ފޯރުކޮށްދިނުން.
  3. ކައުންސިލްގެ އިދާރީ މަސައްކަތްތަކާއި އެކި ޕްރޮޖެކްޓްތަކާއި ގުޅިގެން ކައުންސިލުން އަންގާ ދަތުރުތައް ކުރުން.
  4. ކައުންސިލްގެ އެކި މަސައްކަތްތަކަށް ބޭނުންވާ ތަކެތި އުފުލުމަށާއި، ކައުންސިލުން އަންގާ ރަސްމީ އެންމެހައި ދަތުރުތައް ވަގުތުން ވަގުތަށް ކުރުން.
  5. މޫސުމީ ޙާލަތްތަކާ ހުރެ ނުވަތަ އެނޫންވެސް މަޤްބޫލު ސަބަބަކާ ހުރެ ތާވަލުކުރެވިފައިވާ ގަޑިއަށް މަސައްކަތް ނުކުރެވިއްޖެނަމަ، އެ ދުވަހުގެ އެހެން ވަގުތެއްގައި ކައުންސިލުން އަންގާ ގޮތެއްގެ މަތިން މަސައްކަތް ފުރިހަމަކުރުން.
  6. މައިގަނޑު ޑްރައިވަރަށް ނާދެވޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޚިދުމަތްދޭ ފަރާތުގެ ޚަރަދާއި ޒިންމާގައި، ބަދަލު ޑްރައިވަރެއް (ލައިސަންސް އޮތް ޑްރައިވަރެއް) ވަގުތުން ހަމަޖެއްސުން.
  7. ދުވަހުގެ މަސައްކަތް ނިމުމުން، ޚާއްސަކޮށް ކުނި އުކުމަށްފަހު ޕިކަޕް ދޮވެ ސާފުކޮށް ބޭއްވުން.
  8. އުޅަނދަށް ދިމާވާ އެއްވެސް މައްސަލައެއް ނުވަތަ މަރާމާތެއް ބޭނުންވެއްޖެނަމަ ލިޔުމުން ނުވަތަ ރަސްމީކޮށް ނުވަތަ އަނގަބަހުން ހަވާލުވެފައިވާ ސުޕަވައިޒަރަށް އެންގުން.

 

މަސައްކަތަށް ކުރިމަތިލެވޭނެ ފަރާތްތައް

  1. ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް.  
  2. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. ވަކި ވަކި ފަރުދުންނަށް
  4. ޖަމިއްޔާ ޖަމާޢަތްތައް.

 

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމާއި ބަލައިގަތުން

އަންދާސީހިސާބު ހުށަހަޅަންވީ ތަން

02 ޑިސެމްބަރ 2026 - 13:00

އަންދާސީހިސާބު ހުށަހަޅާނީ ގައްދޫ ކައުންސިލް އިދާރާއަށް ހާޟިރުވެއެވެ.

 

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  1. ފުރިޙަމަކޮށްފައިވާ އަންދާސީހިސާބު ހުށަހަޅާ ފޯމު.
  2. އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ / ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްނަމަ ރަޖިސްޓްރޭޝަން ކޮޕީ.
  3. މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތުގެ ތަޖުރިބާ ދައްކުވައިދޭ ލިޔުންތައް.

 

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ މިންގަނޑު

ހުށަހަޅާ އަގު:

85% (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ މަތީ މާކްސް ލިބިގެންދާނެއެވެ. )

ތަޖުރިބާ:

15% (މި މާކްސް ދޭނީ މިފަދަ މަސައްކަތްތަކުގައި ލިބިފައިވާ ތަޖުރިބާއަށް ބަލައިގެންނެވެ.)

 

މިމަސައްކަތާއި ގުޅޭ ބިޑް ހުށަހަޅަންޖެހޭ ފޯމް އިޢުލާނާއި އެއްކޮށް އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9900297 ނުވަތަ  [email protected]އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ނޮވެންބަރު 2026