ދިވެހިރާއްޖެ
IUL:E2/IL/2026/34
ލޭބަރަރ، ޖެނެރަލް ސްޓޯރ(*1)
މަޤާމުގެ ޝަރުޠު:
- ދިވެހިންނާއި އިނގިރޭސިން ލިޔަން ކިޔަން އެނގޭ މީހަކަށްވެފައި ދެވޭ އިރުޝާދުތައް ނަގައިގަނެވޭފަދަ މީހަކަށްވުން.
.
މަޤާމުގެ ގިންތި:
- ކޮންޓްރެކްޓް (1 އަހަރު)
މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
- ބުރަ މަސައްކަތް ކުރެވޭނެ ފަދަ ސިއްހަތެއް ހުރުމާއެކު ގިނަ ގަޑިތަކުގައި މަސައްކަތް ކުރެވޭ ފަދަ މީހަކަށްވުން.
އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:
- ސްޓޯރަށް ގެންނަ މުދާ ބަލައިގަތުމާއި، މުދާ ބަލައި ޗެކް ކުރުން އަދި ސްޓޯރުން މުދާ ދޫކުރުމުގައި އޮފިސަރަށް އެހީތެރިވުން.
- ސްޓޯރަށް ވައްދާ މުދާ ފަސޭހައިން ދަނެގަނެވޭނެހެން ތަރުތީބުކުރުމާއި ނަންބަރު ޖެހުމުގައި އެހީތެރިވުން.
- އެއަރޕޯޓްގެ ވެހިކަލްތަކަށް ތެޔޮ އަޅައިދިނުމުގައި އެހީތެރިވުން.
- ލިޔެކިއުން ފައިލްކުރުމާއި ރައްކާތެރިކޮށް ބެލެހެއްޓުން.
- ސްޓޯރ ފޮހެ، މޮޕްލައި، ސާފުތާހިރުކޮށް ބެލެހެއްޓުން.
- އިންވެންޓްރީ ގުނުމުގައި އެހީތެރިވުން.
- ލިބޭ މެޓީރިއަލް ރިކިއުސިޝަން ތަކާއި ޕްރޮކިއުމަންޓާއި ހަވާލުކުރަން ޖެހޭ އެހެނިހެން ލިޔުންތައް ހަވާލުކުރުން.
- ވަޒީފާއާއި ގުޅިގެން އަދާ ކުރަން ޖެހޭ މަސައްކަތްތަށް ކުރުމާއި ވެރިން އަންގާ އެންގުންތަކަށް ކިޔަމަންގަތުން.
މުސާރަ އާއި އިނާޔަތްތައް:
- މުސާރަ: -/5,000 ރުފިޔާ
- ސާވިސް އެލަވަންސް -/3,450 ރުފިޔާ
- އަދި ހަމަ ޖެހިފައިވާ އުސޫލުން އެހެނިހެން އެލަވަންސްތައް ދެވޭނެ.
މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 26 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، އަދި ހުށަހަޅާ ދުވަހުން ފެށިގެން ހަތަރު މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް ، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. ވަޒީފާއަށް އެދޭ ފޯމް www.ganairport.com އިން ޑައުންލޯޑް ކުރެވޭނެއެވެ. އޮންލައިންކޮށް ވަޒީފާއަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން https://jobs.ganairport.com/ ބަޔާން ކުރެވިފައިވާ ލިންކް މެދުވެރިކޮށް އެޕްލައި ކުރެއްވުން އެދެމެވެ.
ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
