ވަޒީފާގެ ފުރުޞަތު
ނަންބަރު: IUL:E2/IL/2026/34
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 26 ނޮވެންބަރު 2026 00:00
އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ލޭބަރަރ، ޖެނެރަލް ސްޓޯރ(*1)

IUL:E2/IL/2026/34

ލޭބަރަރ، ޖެނެރަލް ސްޓޯރ(*1)

 މަޤާމުގެ ޝަރުޠު:

  • ދިވެހިންނާއި އިނގިރޭސިން ލިޔަން ކިޔަން އެނގޭ މީހަކަށްވެފައި ދެވޭ އިރުޝާދުތައް ނަގައިގަނެވޭފަދަ މީހަކަށްވުން.

.

މަޤާމުގެ ގިންތި:

  •  ކޮންޓްރެކްޓް (1 އަހަރު)   

މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • ބުރަ މަސައްކަތް ކުރެވޭނެ ފަދަ ސިއްހަތެއް ހުރުމާއެކު ގިނަ ގަޑިތަކުގައި މަސައްކަތް ކުރެވޭ ފަދަ މީހަކަށްވުން.

އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:

  • ސްޓޯރަށް ގެންނަ މުދާ ބަލައިގަތުމާއި، މުދާ ބަލައި ޗެކް ކުރުން އަދި ސްޓޯރުން މުދާ ދޫކުރުމުގައި އޮފިސަރަށް އެހީތެރިވުން.
  • ސްޓޯރަށް ވައްދާ މުދާ ފަސޭހައިން ދަނެގަނެވޭނެހެން ތަރުތީބުކުރުމާއި ނަންބަރު ޖެހުމުގައި އެހީތެރިވުން.
  • އެއަރޕޯޓްގެ ވެހިކަލްތަކަށް ތެޔޮ އަޅައިދިނުމުގައި އެހީތެރިވުން.
  • ލިޔެކިއުން ފައިލްކުރުމާއި ރައްކާތެރިކޮށް ބެލެހެއްޓުން.
  • ސްޓޯރ ފޮހެ، މޮޕްލައި، ސާފުތާހިރުކޮށް ބެލެހެއްޓުން.
  • އިންވެންޓްރީ ގުނުމުގައި އެހީތެރިވުން.
  • ލިބޭ މެޓީރިއަލް ރިކިއުސިޝަން ތަކާއި ޕްރޮކިއުމަންޓާއި ހަވާލުކުރަން ޖެހޭ އެހެނިހެން ލިޔުންތައް ހަވާލުކުރުން.
  • ވަޒީފާއާއި ގުޅިގެން އަދާ ކުރަން ޖެހޭ މަސައްކަތްތަށް ކުރުމާއި ވެރިން އަންގާ އެންގުންތަކަށް ކިޔަމަންގަތުން.

 

މުސާރަ އާއި އިނާޔަތްތައް:

  • މުސާރަ: -/5,000 ރުފިޔާ
  • ސާވިސް އެލަވަންސް -/3,450 ރުފިޔާ
  • އަދި ހަމަ ޖެހިފައިވާ އުސޫލުން އެހެނިހެން އެލަވަންސްތައް ދެވޭނެ.

 

މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 26 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، އަދި ހުށަހަޅާ ދުވަހުން ފެށިގެން ހަތަރު މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް ، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ.  ވަޒީފާއަށް އެދޭ ފޯމް www.ganairport.com އިން ޑައުންލޯޑް ކުރެވޭނެއެވެ. އޮންލައިންކޮށް ވަޒީފާއަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން https://jobs.ganairport.com/   ބަޔާން ކުރެވިފައިވާ ލިންކް މެދުވެރިކޮށް އެޕްލައި ކުރެއްވުން އެދެމެވެ.

ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

19 ނޮވެންބަރު 2026