ދިވެހިރާއްޖެ
2027 ވަނަ އަހަރުގެ ދިރާސީ އައު އަހަރަށް ޕްރީސްކޫލަށް ކުދިން ވެއްދުމާއި ގުޅޭ
މި ފެށޭ ދިރާސީ އައު އަހަރު 2027 ވަނަ އަހަރު ގއ. ކޮލަމާފުށި ކައުންސިލުން ހިންގާ ޕްރީސްކޫލްގެ ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވައްދަން ބޭނުންފުޅުވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލަމެވެ. ޕްރީސްކޫލަށް ކުދިން ވެއްދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ކައުންސިލްގައި ރަޖިސްޓްރީވުމަށް 15 ޑިސެންބަރ 2026 ވާ އަންގާރަ ދުވަހުގެ 13:00 ހަމައަށް ފުރުސަތު ހުޅުވާލަމެވެ.
|
ގްރޭޑް |
2027 ވަނަ އަހަރު ޕްރީސްކޫލަށްކުދިން ވައްދާ އުމުރުފުރާތައް |
|
ބޭބީ ނާސަރީ |
2026 ޑިސެމްބަރު 31އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން |
|
ނާސަރީ |
2026 ޑިސެމްބަރު 31އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން |
ޕްރީސްކޫލުގައި ރަޖިސްޓްރީ ކުރާ ފޯމް މި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. ފޯމް ހުށަހަޅުއްވާއިރު ކުއްޖާ އާއި ބެލެނެވެރިޔާގެ އައިޑީ ކާޑް ކޮޕީ ފޯމާއެކު ހުށަހަޅުއްވަންވާނެއެވެ.
މިހެންވެ މިކަން އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
9 ޖުމާދަލްއާޚިރާ 1448
