ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)406-esms-a/INDIV/2026/23
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:30
ސުންގަޑި: 15 ޑިސެންބަރު 2026 14:00
ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

             

2027 ވަނަ އަހަރުގެ ދިރާސީ އައު އަހަރަށް ޕްރީސްކޫލަށް ކުދިން ވެއްދުމާއި ގުޅޭ

                  މި ފެށޭ ދިރާސީ އައު އަހަރު 2027 ވަނަ އަހަރު ގއ. ކޮލަމާފުށި ކައުންސިލުން ހިންގާ ޕްރީސްކޫލްގެ ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވައްދަން ބޭނުންފުޅުވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލަމެވެ. ޕްރީސްކޫލަށް ކުދިން ވެއްދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ކައުންސިލްގައި ރަޖިސްޓްރީވުމަށް 15 ޑިސެންބަރ 2026 ވާ އަންގާރަ ދުވަހުގެ 13:00 ހަމައަށް ފުރުސަތު ހުޅުވާލަމެވެ.

ގްރޭޑް

2027 ވަނަ އަހަރު ޕްރީސްކޫލަށްކުދިން ވައްދާ އުމުރުފުރާތައް

ބޭބީ ނާސަރީ

2026 ޑިސެމްބަރު 31އަށް 2 އަހަރު ފުރި 3 އަހަރު ނުފުރުން

ނާސަރީ

2026 ޑިސެމްބަރު 31އަށް 3 އަހަރު ފުރި 4 އަހަރު ނުފުރުން

 

                 ޕްރީސްކޫލުގައި ރަޖިސްޓްރީ ކުރާ ފޯމް މި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. ފޯމް ހުށަހަޅުއްވާއިރު ކުއްޖާ އާއި ބެލެނެވެރިޔާގެ އައިޑީ ކާޑް ކޮޕީ ފޯމާއެކު ހުށަހަޅުއްވަންވާނެއެވެ.

                      މިހެންވެ މިކަން އެންގުމަށްޓަކައި  އިޢުލާންކުރީމެވެ.

                          9 ޖުމާދަލްއާޚިރާ 1448

18 ނޮވެންބަރު 2026