ދިވެހިރާއްޖެ
2027 ވަނަ އަހަރު ދ.މީދޫ ޕްރީސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު 18 ނޮވެންބަރު 2026 ވާ ބުދަ ދުވަހުންފެށިގެން 10 ޑިސެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ.
ދަރިވަރުން ވެއްދުމަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވާ ގަޑިތައް ތިރީގައި އެވަނީ އެވެ.
18 ނޮވެންބަރު 2026 ވާ ބުދަ ދުވަހުންފެށިގެން 10 ޑިސެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 12:00 އިން 13:45 އަށް ދ.މީދޫ ޕްރީސްކޫލުން
2027 ވަނަ އަހަރު ޕްރީ ސުކޫލަށް ދަރިވަރުން ވެއްދުމަށް ހަމަޖެހިފައިވާ އުމުރުފުރާތައް ތިރީގައި އެވަނީއެވެ.
|
ބޭބީ ނާސަރީ |
31 ޑިސެންބަރު 2026 ގެ ނިޔަލަށް 02 އަހަރު ފުރި 03 އަހަރު ނުފުރޭ ކުދިން |
|
ނާސަރީ |
31 ޑިސެންބަރު 2026 ގެ ނިޔަލަށް 03 އަހަރު ފުރި 04 އަހަރު ނުފުރޭ ކުދިން |
ވީމާ، 2027 ވަނަ އަހަރު މީދޫ ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދިލައްވާ ފަރާތްތަކުން ދ.މީދޫ ޕްރީސުކޫލަށް ދަރިވަރުން ވެއްދުމަށްއެދޭ ފޯމު ފުރިހަމަކޮށް، ހުށަހެޅުމަށް ދަންނަވަމެވެ.
