ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2026/65
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 10 ޑިސެންބަރު 2026 00:00
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2027 ވަނަ އަހަރަށް ދ.މީދޫ ޕްރީސުކޫލަށް ދަރިވަރުން ވެއްދުމާއިގުޅޭ

2027 ވަނަ އަހަރު ދ.މީދޫ ޕްރީސްކޫލަށް ދަރިވަރުން ވެއްދުމުގެ ފުރުޞަތު 18 ނޮވެންބަރު 2026  ވާ ބުދަ ދުވަހުންފެށިގެން 10 ޑިސެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ.

           ދަރިވަރުން ވެއްދުމަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވާ ގަޑިތައް ތިރީގައި އެވަނީ އެވެ.

18 ނޮވެންބަރު 2026 ވާ ބުދަ ދުވަހުންފެށިގެން 10 ޑިސެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ  12:00 އިން 13:45 އަށް ދ.މީދޫ ޕްރީސްކޫލުން

 

2027 ވަނަ އަހަރު ޕްރީ ސުކޫލަށް ދަރިވަރުން ވެއްދުމަށް ހަމަޖެހިފައިވާ އުމުރުފުރާތައް ތިރީގައި އެވަނީއެވެ.

 

ބޭބީ ނާސަރީ

31 ޑިސެންބަރު 2026 ގެ ނިޔަލަށް 02 އަހަރު ފުރި 03 އަހަރު ނުފުރޭ ކުދިން

ނާސަރީ

31 ޑިސެންބަރު 2026 ގެ ނިޔަލަށް 03 އަހަރު ފުރި 04 އަހަރު ނުފުރޭ ކުދިން

 

 ވީމާ، 2027 ވަނަ އަހަރު މީދޫ ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދިލައްވާ ފަރާތްތަކުން ދ.މީދޫ ޕްރީސުކޫލަށް ދަރިވަރުން ވެއްދުމަށްއެދޭ ފޯމު ފުރިހަމަކޮށް، ހުށަހެޅުމަށް ދަންނަވަމެވެ.

 

 

17 ނޮވެންބަރު 2026