ކ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެ
2027 ވަނަ އަހަރުގެ ޖެނުއަރީ 01 އިން 2027 ވަނަ އަހަރުގެ ޑިސެމްބަރމަހުގެ ނިޔަލަށް މިމިމަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
- ރަޖިސްޓްރީވުން: 2026 ނޮވެންބަރު 19 ވާ (ބުރާސްފަތި) ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވުމަށް އެދޭ ފޯމް މި މަރުކަޒަށް ހުށައެޅުން އެދެމެވެ. އީމެއިލުން ނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
- މަޢުލޫމާތު ދިނުން: ބީލަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ހުށަހަޅަންވާނީ ލިޔުމުން [email protected] އީމެއިލްއަށެވެ. މި ބީލަމާއި ގުޅޭ ޓެކްނިކަލް މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މުޙައްމަދު ޒަކީ، 9961060 އަށެވެ. ބީލަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމުގެ ސުންގަޑި އަކީ 2026 ނޮވެންބަރު 24 ގެ 14:00 ގެ ކުރިންނެވެ.
- އަންދާސީ ހިސާބު ހުށަހެޅުން: 2026 ނޮވެންބަރު 29 ވާ (އާދިއްތަ) ދުވަހު 11:00 ގައި ކ. އަތޮޅު ތަޢުލީމީމަރުކަޒުގެ އިދާރާގައި އޮންނާނެއެވެ. މި އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި (ސިޓީ އުރާއިގެ ބޭރުގައި) އިޢުލާން ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.
މި މަސައްކަތާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
15 ނޮވެންބަރު 2026
ހޯދާ
