ބީލަން
ނަންބަރު: 994/IUL/2026/26
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 29 ނޮވެންބަރު 2026 11:00
ކ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެ

 2027 ވަނަ އަހަރުގެ ޖެނުއަރީ 01 އިން 2027 ވަނަ އަހަރުގެ ޑިސެމްބަރމަހުގެ ނިޔަލަށް  މިމިމަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

  • ރަޖިސްޓްރީވުން: 2026 ނޮވެންބަރު 19 ވާ (ބުރާސްފަތި) ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވުމަށް އެދޭ ފޯމް މި މަރުކަޒަށް ހުށައެޅުން އެދެމެވެ. އީމެއިލުން ނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

  • މަޢުލޫމާތު ދިނުން: ބީލަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ހުށަހަޅަންވާނީ ލިޔުމުން [email protected] އީމެއިލްއަށެވެ. މި ބީލަމާއި ގުޅޭ ޓެކްނިކަލް މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މުޙައްމަދު ޒަކީ، 9961060 އަށެވެ. ބީލަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމުގެ ސުންގަޑި އަކީ 2026 ނޮވެންބަރު 24 ގެ 14:00 ގެ ކުރިންނެވެ.

 

  • އަންދާސީ ހިސާބު ހުށަހެޅުން: 2026 ނޮވެންބަރު 29 ވާ (އާދިއްތަ) ދުވަހު 11:00 ގައި ކ. އަތޮޅު ތަޢުލީމީމަރުކަޒުގެ އިދާރާގައި އޮންނާނެއެވެ. މި އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި (ސިޓީ އުރާއިގެ ބޭރުގައި) އިޢުލާން ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.

މި މަސައްކަތާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

15 ނޮވެންބަރު 2026