ދިވެހިރާއްޖެ
އިޢުލާނު
ތުނޑީގައި ފާޚާނާބަރިއެއް ޢިމާރާތް ކޮށްދޭނެފަރާތެއް ހޯދުން
މިރަށު ތުނޑީގައި ފާޚާނާ ބަރިއެއް ޢިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު:(IUL)353/353/2026/65 (3 ސެޕްޓެމްބަރ 2026) އިޢުލާނަށް ހުށައަޅާފައިވާ ބިޑްތައް ބޮޑުކަމަށް ފެއްނާތީ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފާރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ. އެހެންކަމުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އދ. ދިގުރަށު ކައުންސިލަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބީލަމާއިގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއެކު އާންމުކުރެވިފައި ވާނެއެވެ.
|
ތަފްސީލް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
|
ބިޑް ރެޖިސްޓްރޭޝަން |
އދ ދިގުރަށު ކައުންސިލް އިދާރާ |
އަންގާރަ |
16 ނޮވެމްބަރ 2026 |
14:00 |
|
ބިޑް ހުށަހެޅުން |
އދ ދިގުރަށު ކައުންސިލް އިދާރާ |
ބުރާސްފަތި |
19 ނޮވެމްބަރ 2026 |
13:00 |
ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަށް ބަލައި ނުގަނެވޭނެ ވަހަކަ ދަންނަވަމެވެ. ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނުނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން
ބިޑް ރަޖިސްޓަރީކުރުމަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ގަންނަށް ލިބެން ހުންނާނެއެވެ. މި ފޯމުގެ އަގަކީ -/100 ރުފިޔާއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6680631 ފޯނަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
01 جُمَادَىٰ ٱلْآخِرَة 1448
10 ނޮވެމްބަރ 2026
އިބްރާހީމް އުޘްމާން
ކައުންސިލްގެ ރައީސް
