މަސައްކަތް
ނަންބަރު: (IUL)353/353/2026/83
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 22:53
ސުންގަޑި: 16 ނޮވެންބަރު 2026 14:00
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުނޑީގައި ފާޚާނާބަރިއެއް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

 

 

 

ތުނޑީގައި ފާޚާނާބަރިއެއް ޢިމާރާތް ކޮށްދޭނެފަރާތެއް ހޯދުން

މިރަށު ތުނޑީގައި ފާޚާނާ ބަރިއެއް ޢިމާރާތްކުރުމުގެ މަސައްކަތް ކުރުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު:(IUL)353/353/2026/65  (3 ސެޕްޓެމްބަރ 2026) އިޢުލާނަށް ހުށައަޅާފައިވާ ބިޑްތައް ބޮޑުކަމަށް ފެއްނާތީ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފާރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ. އެހެންކަމުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އދ. ދިގުރަށު ކައުންސިލަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބީލަމާއިގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއެކު އާންމުކުރެވިފައި ވާނެއެވެ.

 

ތަފްސީލް

ތަން

ދުވަސް

ތާރީޚް

ގަޑި

ބިޑް ރެޖިސްޓްރޭޝަން

އދ ދިގުރަށު ކައުންސިލް އިދާރާ

އަންގާރަ

16 ނޮވެމްބަރ 2026

14:00

ބިޑް ހުށަހެޅުން

އދ ދިގުރަށު ކައުންސިލް އިދާރާ

ބުރާސްފަތި

19 ނޮވެމްބަރ 2026

13:00

 

          ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަށް ބަލައި ނުގަނެވޭނެ ވަހަކަ ދަންނަވަމެވެ. ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނުނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން

 

ބިޑް ރަޖިސްޓަރީކުރުމަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ގަންނަށް ލިބެން ހުންނާނެއެވެ. މި ފޯމުގެ އަގަކީ -/100 ރުފިޔާއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6680631 ފޯނަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

01 جُمَادَىٰ ٱلْآخِرَة 1448

10 ނޮވެމްބަރ 2026

 

                                                 އިބްރާހީމް އުޘްމާން

                                                 ކައުންސިލްގެ ރައީސް

 

 

 

 

 

 

 

10 ނޮވެންބަރު 2026