ދިވެހިރާއްޖެ
އިޢްލާން
މާއެނބޫދޫ ގައި ޢާންމު ރައްޔިތުންނަށް މަންފާލިބޭ ގޮތަށް ކުރަމުންދާ ކުދި ވިޔަފާރީ ތަކަށް ބިން ކުއްޔަށް ދޫކުރުން
މިރަށުގައި " އަމިއްލަ ބޭނުންތަކަށް ނުވަތަ ވިޔަފާރި ބޭނުންތަކަށް ރަށުގެ ބިންތައް ވަގުތީގޮތުން ބޭނުންކުރުމާއި، ފީނެގުމުގެ އުސޫލު " މި ކައުންސިލްގެ 05 ވަނަ ދައުރުގެ 19 ވަނަ ޢާއްމު ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.
ވީމާ މި އުސޫލުގައި ވާ 6 ވަނަ ކެޓަގަރީގެ (ޢާންމު ރައްޔިތުންނަށް މަންފާލިބޭ ގޮތަށް ކުރަމުންދާ ކުދި ވިޔަފާރީ ތަކަށް ދޫކުރެވޭ ބިން) ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.
|
ބިމުގެ އަދަދު |
ބޮޑުމިން (އަކަފޫޓް) / އަގު |
މުއްދަތު |
ބާވަތް |
|
3 |
100 |
1 އަހަރު |
6 ވަނަ ކެޓަގަރީ (ޢާންމު ރައްޔިތުންނަށް މަންފާލިބޭ ގޮތަށް ކުރަމުންދާ ކުދި ވިޔަފާރީ ތަކަށް ދޫކުރެވޭ ބިން) |
|
އަކަފޫޓެއް 1 (އެއް ރުފިޔާ) |
ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ މަސްކަނޑާ އަށި ކައިރިންނެވެ. |
އިތުރު މަޢުލޫމާތު
- މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ނޮވެންބަރު 19 ވާ ބުރަސްފަތި ދުވަހުގެ 13:00 ގެ ކުރިން ސިޓީ، ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
- ބިން ދޫކުރުމަށް ހަމަޖެހިފައިވާ އަދަދަށް ވުރެން އިތުރަށް ބިން ކުއްޔަށްނެގުމަށް ހުށައަޅާފައިވާނާމަ ބިން ދޫކުރެވޭނީ ގުރުއަތު ލުމަށްފަހުގައެވެ.
- ބިން ކުއްޔަށް ދޫކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
