ކުއްޔަށް ދިނުން
ނަންބަރު: (IUL)380/2026/27
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 19 ނޮވެންބަރު 2026 13:00
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާއެނބޫދޫ ގައި ޢާންމު ރައްޔިތުންނަށް މަންފާލިބޭ ގޮތަށް ކުރަމުންދާ ކުދި ވިޔަފާރީ ތަކަށް ބިން ކުއްޔަށް ދޫކުރުން

އިޢްލާން

މާއެނބޫދޫ ގައި ޢާންމު ރައްޔިތުންނަށް މަންފާލިބޭ ގޮތަށް ކުރަމުންދާ ކުދި ވިޔަފާރީ ތަކަށް ބިން ކުއްޔަށް ދޫކުރުން

މިރަށުގައި " އަމިއްލަ ބޭނުންތަކަށް ނުވަތަ ވިޔަފާރި ބޭނުންތަކަށް ރަށުގެ ބިންތައް ވަގުތީގޮތުން ބޭނުންކުރުމާއި، ފީނެގުމުގެ އުސޫލު " މި ކައުންސިލްގެ 05 ވަނަ ދައުރުގެ 19 ވަނަ ޢާއްމު ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

ވީމާ މި އުސޫލުގައި ވާ 6 ވަނަ ކެޓަގަރީގެ (ޢާންމު ރައްޔިތުންނަށް މަންފާލިބޭ ގޮތަށް ކުރަމުންދާ ކުދި ވިޔަފާރީ ތަކަށް ދޫކުރެވޭ ބިން) ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ބިމުގެ އަދަދު

ބޮޑުމިން (އަކަފޫޓް) / އަގު

މުއްދަތު

ބާވަތް

3

100

1 އަހަރު

6 ވަނަ ކެޓަގަރީ (ޢާންމު ރައްޔިތުންނަށް މަންފާލިބޭ ގޮތަށް ކުރަމުންދާ ކުދި ވިޔަފާރީ ތަކަށް ދޫކުރެވޭ ބިން)

އަކަފޫޓެއް 1 (އެއް ރުފިޔާ)

ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ މަސްކަނޑާ އަށި ކައިރިންނެވެ.

އިތުރު މަޢުލޫމާތު

  1. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ނޮވެންބަރު 19 ވާ ބުރަސްފަތި ދުވަހުގެ 13:00 ގެ ކުރިން ސިޓީ، ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
  2. ބިން ދޫކުރުމަށް ހަމަޖެހިފައިވާ އަދަދަށް ވުރެން އިތުރަށް ބިން ކުއްޔަށްނެގުމަށް ހުށައަޅާފައިވާނާމަ ބިން ދޫކުރެވޭނީ ގުރުއަތު ލުމަށްފަހުގައެވެ.
  3. ބިން ކުއްޔަށް ދޫކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.     

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

09 ނޮވެންބަރު 2026