ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާއެނބޫދޫ ގައި ދަރުގުދަން ހެދުމަށް ބިން ކުއްޔަށް ދޫކުރުން
އިޢްލާން
މާއެނބޫދޫ ގައި ދަރުގުދަން ހެދުމަށް ބިން ކުއްޔަށް ދޫކުރުން
މިރަށުގައި " އަމިއްލަ ބޭނުންތަކަށް ނުވަތަ ވިޔަފާރި ބޭނުންތަކަށް ރަށުގެ ބިންތައް ވަގުތީގޮތުން ބޭނުންކުރުމާއި، ފީނެގުމުގެ އުސޫލު " މި ކައުންސިލްގެ 05 ވަނަ ދައުރުގެ 19 ވަނަ ޢާއްމު ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.
ވީމާ މި އުސޫލުގައި ވާ 1 ވަނަ ކެޓަގަރީގެ (ދަރުގުދަން ހެދުމަށް ދޫކުރެވޭ ބިން) ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.
|
ބިމުގެ އަދަދު |
ބޮޑުމިން (އަކަފޫޓް) |
މުއްދަތު |
ބާވަތް |
|
10 |
64 |
1 އަހަރު |
1 ވަނަ ކެޓަގަރީ (ދަރުގުދަން ހެދުމަށް ދޫކުރެވޭ ބިން ) |
|
އަކަފޫޓެއް 1 (ރުފިޔާ) |
އިތުރު މަޢުލޫމާތު
- މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ނޮވެންބަރު 19 ވާ ބުރަސްފަތި ދުވަހުގެ 13:00 ގެ ކުރިން ސިޓީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
- ބިން ދޫކުރުމަށް ހަމަޖެހިފައިވާ އަދަދަށް ވުރެން އިތުރަށް ބިން ކުއްޔަށްނެގުމަށް ހުށައަޅާފައިވާނާމަ ބިން ދޫކުރެވޭނީ ގުރުއަތު ލުމަށްފަހުގައެވެ.
- ބިން ކުއްޔަށް ދޫކުރެވޭނީ މާއެނބޫދޫގައި ރަށްވެއްސެއްގޮތުގައި ރަޖިސްޓަރީ ވެފައިވާ ރައްޔިތަކަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
09 ނޮވެންބަރު 2026
ހޯދާ
