ކުއްޔަށް ދިނުން
ނަންބަރު: (IUL)380/2026/25
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 19 ނޮވެންބަރު 2026 13:00
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާއެނބޫދޫ ގައި ދަރުގުދަން ހެދުމަށް ބިން ކުއްޔަށް ދޫކުރުން

އިޢްލާން

މާއެނބޫދޫ ގައި ދަރުގުދަން ހެދުމަށް ބިން ކުއްޔަށް ދޫކުރުން

މިރަށުގައި " އަމިއްލަ ބޭނުންތަކަށް ނުވަތަ ވިޔަފާރި ބޭނުންތަކަށް ރަށުގެ ބިންތައް ވަގުތީގޮތުން ބޭނުންކުރުމާއި، ފީނެގުމުގެ އުސޫލު " މި ކައުންސިލްގެ 05 ވަނަ ދައުރުގެ 19 ވަނަ ޢާއްމު ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

ވީމާ މި އުސޫލުގައި ވާ 1 ވަނަ ކެޓަގަރީގެ (ދަރުގުދަން ހެދުމަށް ދޫކުރެވޭ ބިން) ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ބިމުގެ އަދަދު

ބޮޑުމިން (އަކަފޫޓް)

މުއްދަތު

ބާވަތް

10

64

1 އަހަރު

1 ވަނަ ކެޓަގަރީ (ދަރުގުދަން ހެދުމަށް ދޫކުރެވޭ ބިން )

އަކަފޫޓެއް 1 (ރުފިޔާ)

އިތުރު މަޢުލޫމާތު

  1. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2026 ނޮވެންބަރު 19 ވާ ބުރަސްފަތި ދުވަހުގެ 13:00 ގެ ކުރިން ސިޓީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
  2. ބިން ދޫކުރުމަށް ހަމަޖެހިފައިވާ އަދަދަށް ވުރެން އިތުރަށް ބިން ކުއްޔަށްނެގުމަށް ހުށައަޅާފައިވާނާމަ ބިން ދޫކުރެވޭނީ ގުރުއަތު ލުމަށްފަހުގައެވެ.
  3. ބިން ކުއްޔަށް ދޫކުރެވޭނީ މާއެނބޫދޫގައި ރަށްވެއްސެއްގޮތުގައި ރަޖިސްޓަރީ ވެފައިވާ ރައްޔިތަކަށެވެ.     

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

09 ނޮވެންބަރު 2026