ދިވެހިރާއްޖެ
ނަންބަރ: GS41-IUL/2026/14
އިޢުލާން
ބީލަން ހުށަހެޅުމުގެ ދައުވަތު
އިރުޝާދިއްޔާ ސްކޫްލްގެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށް ވިއްކައިދޭނެ ފަރާތެއް ހޯދުމަށް
މި ސްކޫލްގެ އެކްޓިވިޓީ ޔުނީފޯރމް ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: GS41-IUL/2026/14 އިއުލާނާއެކު ދެވުނު ޑޮކިއުމެންޓްގައި މައުލޫމާތުގެ މައްސަލައެއް ހުރުމާއެކު، އެ އިއުލާން ބާތިލުކޮށް އަލުން އިއުލާން ކުރަމެވެ.
މިސްކޫލުންދޭ މައުލޫމާތާއި އެއްގޮތަށް ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 8 ނޮވެމްބަރ 2026 އިން 17 ނޮވެމްބަރ 2026 ވަނަ ދުވަހުގެ ނިޔަލަށް ތިރީގައިމިވާ ލިންކްގައިވާ ފޯރމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މައުލޫމާތުތައް ހިމަނަންވާނެއެވެ.
ބިޑް ރަޖިސްޓްރީ ލިންކް: https://forms.gle/F147XmVSURUBNM667
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 18 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ ނިޔަލަށް ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 19 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މި ސްކޫލްގެ ހޯލުގައެވެ.
ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ނަންނޯޓު ނުކުރައްވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މައުލޫމާތު
ޕްރޮކިއުމެންޓް ސެކްޝަން:
އިރުޝާދިއްޔާ ސްކޫލް / މަރަދޫ- މަރަދޫފޭދޫ
ފޯން ނަންބަރ: 6891500
އީމެއިލް: [email protected]
ތާރީޚް: 08 ނޮވެމްބަރ 2026
28 ޖުމާދަލްޢޫލާ 1448
08 ނޮވެމްބަރ 2026
