ޢާންމު މަޢުލޫމާތު
ނަންބަރު: GS41-IUL/2026/14
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:02
ސުންގަޑި: 17 ނޮވެންބަރު 2026 00:00
އިރުޝާދިއްޔާ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަންބަރ: GS41-IUL/2026/14

 

އިޢުލާން

 

ބީލަން ހުށަހެޅުމުގެ ދައުވަތު

 

އިރުޝާދިއްޔާ ސްކޫްލްގެ އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށް ވިއްކައިދޭނެ ފަރާތެއް ހޯދުމަށް

           

މި ސްކޫލްގެ އެކްޓިވިޓީ ޔުނީފޯރމް ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: GS41-IUL/2026/14 އިއުލާނާއެކު ދެވުނު ޑޮކިއުމެންޓްގައި މައުލޫމާތުގެ މައްސަލައެއް ހުރުމާއެކު، އެ އިއުލާން ބާތިލުކޮށް އަލުން އިއުލާން ކުރަމެވެ.

މިސްކޫލުންދޭ މައުލޫމާތާއި އެއްގޮތަށް ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 8 ނޮވެމްބަރ 2026 އިން 17 ނޮވެމްބަރ 2026 ވަނަ ދުވަހުގެ ނިޔަލަށް ތިރީގައިމިވާ ލިންކްގައިވާ ފޯރމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މައުލޫމާތުތައް ހިމަނަންވާނެއެވެ.

ބިޑް ރަޖިސްޓްރީ ލިންކް: https://forms.gle/F147XmVSURUBNM667

                             މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 18 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ ނިޔަލަށް ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 19 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މި ސްކޫލްގެ ހޯލުގައެވެ.  

ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ނަންނޯޓު ނުކުރައްވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މައުލޫމާތު

ޕްރޮކިއުމެންޓް ސެކްޝަން:

އިރުޝާދިއްޔާ ސްކޫލް / މަރަދޫ- މަރަދޫފޭދޫ

ފޯން ނަންބަރ: 6891500

އީމެއިލް: [email protected]

ތާރީޚް:  08 ނޮވެމްބަރ 2026

 

 

       28   ޖުމާދަލްޢޫލާ  1448

       08   ނޮވެމްބަރ    2026             

08 ނޮވެންބަރު 2026