ހިދާޔާ ސުކޫލް/ ނ. މިލަދޫ
ދިވެހިރާއްޖެ
2027 ވަނައަހަރު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

                      

 ހިދާޔާ ސްކޫލް

  ނ.މިލަދޫ

ނަމްބަރު:GS116(IUL) /2026/029

އިޢުލާން

2027 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.

                   01 ޖެނުއަރީ 2027 ން 31 ޑިސެމްބަރ 2027 ށް މިސްކޫލްގެ އިމާރާތްތަކާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

                މި މަސައްކަތަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ 

(ޤާނޫންނަމަބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަންބަރު:2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި ފައިވާ ފަރާތްތަކަށެވެ.

            ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި ބިޑް ރަޖިސްޓްރީކޮށް، މައުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.         

ތަފްޞީލް

ތާރީޚް

ގަޑި

ތަން

ރަޖިސްޓްރީ ކުރުން

05 ނޮވެމްބަރ 2026 ން 10 ނޮވެމްބަރ 2026 ށް

14:00 ގެ ކުރިން

ގޫގުލް ފޯމް

މަޢުލޫމާތު ސާފުކުރުން           

 15 ނޮވެމްބަރ 2026

11:30

ހިދާޔާސްކޫލް

ބިޑު ހުށައެޅުން

18 ނޮވެމްބަރ 2026

11:30

ހިދާޔާސްކޫލް

 ބިޑް ރެޖިސްޓްރޭޝަން ފޯމް ލިންކް: https://forms.gle/ovY4vM9kugEk9PpP6

 

            ބީލަމާގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށް ފައިވާ ފަރާތްތަކަށް އެކަނި ކަމުގައިދެންނެވީމެވެ. 

           މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށައެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކުންވެސް ތަމްސީލް ކުރެއްވޭނީ އެއްފަރާތެވެ.

           ބަދަލުގައި އެހެން ފަރާތެެއް ފޮނުވާނަމަ ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ ހުށައަޅުއްވަން ވާނެއެވެ.

           އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މި ސްކޫލާއި ގުޅުއްވާ މައުލޫމާތު ސާފުކުރެްވުން އެދެމެވެ.

ފޯން:  6560572

ފެކްސް: 6561801

އީމެއިލް: [email protected]

25  ޖުމާދުލްއޫލާ 1448

                     05   ނޮވެމްބަރ 2026                                                              

 

  

                                                                           

 

05 ނޮވެންބަރު 2026
ހޯދާ