ދިވެހިރާއްޖެ
ހިދާޔާ ސްކޫލް
ނ.މިލަދޫ
ނަމްބަރު:GS116(IUL) /2026/029
އިޢުލާން
2027 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.
01 ޖެނުއަރީ 2027 ން 31 ޑިސެމްބަރ 2027 ށް މިސްކޫލްގެ އިމާރާތްތަކާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.
މި މަސައްކަތަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ
(ޤާނޫންނަމަބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަންބަރު:2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި ފައިވާ ފަރާތްތަކަށެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި ބިޑް ރަޖިސްޓްރީކޮށް، މައުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
|
ތަފްޞީލް |
ތާރީޚް |
ގަޑި |
ތަން |
|
ރަޖިސްޓްރީ ކުރުން |
05 ނޮވެމްބަރ 2026 ން 10 ނޮވެމްބަރ 2026 ށް |
14:00 ގެ ކުރިން |
ގޫގުލް ފޯމް |
|
މަޢުލޫމާތު ސާފުކުރުން |
15 ނޮވެމްބަރ 2026 |
11:30 |
ހިދާޔާސްކޫލް |
|
ބިޑު ހުށައެޅުން |
18 ނޮވެމްބަރ 2026 |
11:30 |
ހިދާޔާސްކޫލް |
ބިޑް ރެޖިސްޓްރޭޝަން ފޯމް ލިންކް: https://forms.gle/ovY4vM9kugEk9PpP6
ބީލަމާގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށް ފައިވާ ފަރާތްތަކަށް އެކަނި ކަމުގައިދެންނެވީމެވެ.
މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށައެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކުންވެސް ތަމްސީލް ކުރެއްވޭނީ އެއްފަރާތެވެ.
ބަދަލުގައި އެހެން ފަރާތެެއް ފޮނުވާނަމަ ވެރިފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ ހުށައަޅުއްވަން ވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މި ސްކޫލާއި ގުޅުއްވާ މައުލޫމާތު ސާފުކުރެްވުން އެދެމެވެ.
ފޯން: 6560572
ފެކްސް: 6561801
އީމެއިލް: [email protected]
25 ޖުމާދުލްއޫލާ 1448
05 ނޮވެމްބަރ 2026