ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި އުކާލުމާއި ނައްތާލުމުގެ ޚިދުމަތުގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލުން.

މިރަށުގެ ކުނިއުކާލުމާއި، ކުނިނައްތާލުމާއި ބެހޭ އުޞޫލުގެ ދަށުން ކުނިނެގުމުގެ ޚިދުމަތް ދޭން ފެށުމަށްޓަކައި، ޚިދުމަތަށް އެދި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ޚިދުމަތުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން، 19 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކް ބޭނުންކޮށްގެން ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. އަދި އޮންލައިން ނޫން ގޮތަށް ފޯމް ފުރިހަމަ ކުރައްވާ ބޭފުޅުން ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާގެ ކައުންޓަރަށް ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބެން ހުންނާނެއެވެ. 

       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ހޮޓްލައިން ނަމްބަރ: 9356677 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

        ފޯމް ލިންކް: https://forms.gle/X439Dvfaoj9VHL7s7

        މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

02 ނޮވެންބަރު 2026
ހޯދާ