ދިވެހިރާއްޖެ
މިރަށުގެ ކުނިއުކާލުމާއި، ކުނިނައްތާލުމާއި ބެހޭ އުޞޫލުގެ ދަށުން ކުނިނެގުމުގެ ޚިދުމަތް ދޭން ފެށުމަށްޓަކައި، ޚިދުމަތަށް އެދި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ޚިދުމަތުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން، 19 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކް ބޭނުންކޮށްގެން ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. އަދި އޮންލައިން ނޫން ގޮތަށް ފޯމް ފުރިހަމަ ކުރައްވާ ބޭފުޅުން ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާގެ ކައުންޓަރަށް ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ހޮޓްލައިން ނަމްބަރ: 9356677 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ފޯމް ލިންކް: https://forms.gle/X439Dvfaoj9VHL7s7
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.