އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ - ޖެނެރަލް އެޑްމިނިސްޓްރޭޝަން

އިޢުލާން ނަންބަރު: ASND-HCM-IUL-2026-86

މަޤާމް: އެސިސްޓެންޓް މެނޭޖަރ

ވަޒީފާގެ ބާވަތް: ދާއިމީ

ސެކްޝަން: ޖެނެރަލް އެޑްމިނިސްޓްރޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ

މަސައްކަތު ގަޑި: 8:00 އިން 16:00

 

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މާޤާމާގުޅޭ މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ސުޕަވައިޒަރީ ފެންވަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މާޤާމާގުޅޭ މަސައްކަތުގެ ދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ ސުޕަވައިޒަރީ ފެންވަރުގެ ތަޖުރިބާ ލިބިފައިވުން.
  • ޝޯޓްލިސްޓް ކުރުމުގެ މަރުހަލާގައި އިސްކަންދެވޭނީ، މަގާމާ ގުޅުންހުރި ކޮލިފިކޭޝަންތަކާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކޯޓޭޝަން ހޯދުމާއި، ރިކުއެސްޓް ނޯޓް ހެދުމާއި، ޕާޗޭސް އެޕްރޫވަލް ދިނުމާއި، ޕާޗޭސް އޯޑަރާއި، ރިކުއެސްޓް ނޯޓާއި ޕްރޮކިއުމަންޓާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ހިމެނޭ ގޮތަށް ހުރިހާ ކަމެއް ހަމަޖައްސައި މެނޭޖްކުރުމުގެ ޒިންމާ އުފުލުން.
  2. ބިޑްތަކާ ގުޅޭ މަސައްކަތްތައް ބެލެހެއްޓުމާއި ބިޑް ޕްރޮސެސް ޑޮކިއުމަންޓްތައް އިންތިޒާމުކުރުމާއި ހުރިހާ ލިޔެކިޔުންތައް އެޗް.އޯ.އެސްގެ އިރުޝާދާއިއެއްގޮތަށް ފައިލްކުރުން. އަދި ބިޑާ ގުޅުންހުރި މަސައްކަތްތައް ކުރިޔަށްދަނީ ޕަރޗޭސް ޕޮލިސީއާއި އެހެނިހެން ގުޅުންހުރި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަން ކަށަވަރުކުރުން.
  3. ޕެޓީ ކޭޝްގެ ރެކޯޑްތައް ބެލެހެއްޓުން ކަށަވަރުކުރުމާއި، ގައިޑްލައިންތަކާ އެއްގޮތަށް ޚަރަދުކުރާކަން ކަށަވަރުކުރުން.
  4. ޕަރޗޭސް ކޮމިޓީގެ ބައްދަލުވުންތައް ސުޕަވައިޒްކޮށް، ބައްދަލުވުމަށްފަހު ޔައުމިއްޔާ ތައްޔާރުކޮށް ފައިލްކުރެވޭކަން ކަށަވަރުކުރުން.
  5. އޮފީސް މަރާމާތުކުރުމާއި ބެލެހެއްޓުމުގެ މަސައްކަތް ކަމާބެހޭ މުވައްޒަފުންނާއެކު އިންތިޒާމުކުރުން.
  6. ޕްރޮކިއުމަންޓާ ގުޅުންހުރި ހުރިހާ މަސައްކަތެއް ބެލެހެއްޓުން.
  7. ކުންފުނީގެ ޕްރޮކިއުމަންޓާއި ސްޓޮކް އިންވެންޓްރީ ޔަގީންކުރުން.
  8. އޮފީހުގެ ހިންގުމަށް ކޮންމެހެން ބޭނުންވާ ތަކެތި ބަޖެޓުގެ ތެރެއިން ގަނެވޭކަން ޔަޤީންކުރުން.
  9. ބިލްތަކާއި އިންވޮއިސްތަކަށް މެދުކެނޑުމެއްނެތި ކަނޑައެޅިފައިވާ ވަގުތުގައި ފައިސާ ދެއްކޭކަން ކަޝަވަރުކުރުން.
  10. ޕޭމަންޓް ޕްރޮސެސިންގއަށް ބޭނުންވާ ފައިނަލް އިންވޮއިސްތައް ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަނަށް ވަގުތަށް ހުށަހެޅޭކަން ޔަޤީންކުރުން.

  

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  2. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
  3. ހިންގުމުގެ ހުނަރާ ޤާބިލުކަން ލިބިފައިވުމާއެކު، މަސައްކަތްތައް ރާވައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅުމާއެކު މުވައްޒަފުން ލީޑްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.

 

މުސާރައާއި އިނާޔަތް:

  • -/21،200 ރުފިޔާ
  • ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
  • ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް.

 

ކުރިމަތިލުމުގެ ސުންގަޑި: 03 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން.

 

މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި: 

  1. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ. 
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 
  3. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.) 
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން) 

    

ޚާއްޞަ ސަމާލުކަމަށް:  

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ ކުންފުންޔަށް ލިބިގެންވެއެވެ.  
  • މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.  

 

އިތުރު މަޢުލޫމާތު:  

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.  

27 އޮކްޓޫބަރު 2026
ހޯދާ