ވަޒީފާގެ ފުރުޞަތު
ނަންބަރު: ASND-HCM-IUL-2026-86
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 08:57
ސުންގަޑި:
03 ނޮވެންބަރު 2026 14:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ - ޖެނެރަލް އެޑްމިނިސްޓްރޭޝަން
އިޢުލާން ނަންބަރު: ASND-HCM-IUL-2026-86
މަޤާމް: އެސިސްޓެންޓް މެނޭޖަރ
ވަޒީފާގެ ބާވަތް: ދާއިމީ
ސެކްޝަން: ޖެނެރަލް އެޑްމިނިސްޓްރޭޝަން
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަސައްކަތު ގަޑި: 8:00 އިން 16:00
މަޤާމުގެ ޝަރުތު:
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މާޤާމާގުޅޭ މަސައްކަތުގެ ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ސުޕަވައިޒަރީ ފެންވަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މާޤާމާގުޅޭ މަސައްކަތުގެ ދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ ސުޕަވައިޒަރީ ފެންވަރުގެ ތަޖުރިބާ ލިބިފައިވުން.
- ޝޯޓްލިސްޓް ކުރުމުގެ މަރުހަލާގައި އިސްކަންދެވޭނީ، މަގާމާ ގުޅުންހުރި ކޮލިފިކޭޝަންތަކާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ކޯޓޭޝަން ހޯދުމާއި، ރިކުއެސްޓް ނޯޓް ހެދުމާއި، ޕާޗޭސް އެޕްރޫވަލް ދިނުމާއި، ޕާޗޭސް އޯޑަރާއި، ރިކުއެސްޓް ނޯޓާއި ޕްރޮކިއުމަންޓާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ހިމެނޭ ގޮތަށް ހުރިހާ ކަމެއް ހަމަޖައްސައި މެނޭޖްކުރުމުގެ ޒިންމާ އުފުލުން.
- ބިޑްތަކާ ގުޅޭ މަސައްކަތްތައް ބެލެހެއްޓުމާއި ބިޑް ޕްރޮސެސް ޑޮކިއުމަންޓްތައް އިންތިޒާމުކުރުމާއި ހުރިހާ ލިޔެކިޔުންތައް އެޗް.އޯ.އެސްގެ އިރުޝާދާއިއެއްގޮތަށް ފައިލްކުރުން. އަދި ބިޑާ ގުޅުންހުރި މަސައްކަތްތައް ކުރިޔަށްދަނީ ޕަރޗޭސް ޕޮލިސީއާއި އެހެނިހެން ގުޅުންހުރި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަން ކަށަވަރުކުރުން.
- ޕެޓީ ކޭޝްގެ ރެކޯޑްތައް ބެލެހެއްޓުން ކަށަވަރުކުރުމާއި، ގައިޑްލައިންތަކާ އެއްގޮތަށް ޚަރަދުކުރާކަން ކަށަވަރުކުރުން.
- ޕަރޗޭސް ކޮމިޓީގެ ބައްދަލުވުންތައް ސުޕަވައިޒްކޮށް، ބައްދަލުވުމަށްފަހު ޔައުމިއްޔާ ތައްޔާރުކޮށް ފައިލްކުރެވޭކަން ކަށަވަރުކުރުން.
- އޮފީސް މަރާމާތުކުރުމާއި ބެލެހެއްޓުމުގެ މަސައްކަތް ކަމާބެހޭ މުވައްޒަފުންނާއެކު އިންތިޒާމުކުރުން.
- ޕްރޮކިއުމަންޓާ ގުޅުންހުރި ހުރިހާ މަސައްކަތެއް ބެލެހެއްޓުން.
- ކުންފުނީގެ ޕްރޮކިއުމަންޓާއި ސްޓޮކް އިންވެންޓްރީ ޔަގީންކުރުން.
- އޮފީހުގެ ހިންގުމަށް ކޮންމެހެން ބޭނުންވާ ތަކެތި ބަޖެޓުގެ ތެރެއިން ގަނެވޭކަން ޔަޤީންކުރުން.
- ބިލްތަކާއި އިންވޮއިސްތަކަށް މެދުކެނޑުމެއްނެތި ކަނޑައެޅިފައިވާ ވަގުތުގައި ފައިސާ ދެއްކޭކަން ކަޝަވަރުކުރުން.
- ޕޭމަންޓް ޕްރޮސެސިންގއަށް ބޭނުންވާ ފައިނަލް އިންވޮއިސްތައް ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަނަށް ވަގުތަށް ހުށަހެޅޭކަން ޔަޤީންކުރުން.
އެހެނިހެން ހުނަރު:
- މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
- ހިންގުމުގެ ހުނަރާ ޤާބިލުކަން ލިބިފައިވުމާއެކު، މަސައްކަތްތައް ރާވައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅުމާއެކު މުވައްޒަފުން ލީޑްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.
މުސާރައާއި އިނާޔަތް:
- -/21،200 ރުފިޔާ
- ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ
- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް.
ކުރިމަތިލުމުގެ ސުންގަޑި: 03 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން.
މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
- ޖޮބް އެޕްލިކޭޝަން ޕޯޓަލް ލިންކް: https://my.aasandha.mv/jobs/apply
ހުށަހަޅަންޖެހޭ ތަކެތި:
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ޚާއްޞަ ސަމާލުކަމަށް:
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ ކުންފުންޔަށް ލިބިގެންވެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
27 އޮކްޓޫބަރު 2026