ދިވެހިރާއްޖެ
ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތަކާއި ގުޅިގެން ކުރަންޖެހޭ އެކި އެކި މަސައްކަތްތައް ކުރުމަށް، ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތް ކުރާނެ މުވައްޒަފުންގެ ޕޫލެއް އެކުލަވާލުމަށް ބޭނުންވެއެވެ.
މަޤާމް: މުނިސިޕަލް ކައުންސިލް އެސިސްޓަންޓް - ވޭޖް
ޝަރުތު: 1) ލިޔަން ކިޔަން އެނގުން.
2) 18 އަހަރު ފުރިފައިވުން.
ބޭނުންވާ އަދަދު: 04
މުސާރަ: ގަޑިއިރަކަށް 75.00 ރުފިޔާ
މަސައްކަތު ގަޑި: ހަފްތާއަކު 04 ދުވަހު – ދުވާލަކު 04 ގަޑިއިރު
ވަޒީފަގެ މުއްދަތު: ވަޒީފާއަށް ނެގޭ ތަރީހުން ފެށިގެން 31 ޑިސެންބަރު 2027 ގެ ނިޔަލަށް
ވަޒީފާގެ ބާވަތް: ވަގުތީ (ވޭޖް އެމްޕްލޯއިމަންޓް)
މަޤާމުގެ މަސްއޫލިއްޔަތުތައް:
- ކައުންސިލުން ބަލަހައްޓާ އެންމެހާ ތަންތަނުގެ ކުދި މަރާމާތުގެ މަސައްކަތްކުރުން.
- ސްޕަވައިޒަރުގެ ލަފާގެ މަތިން ބަލަހައްޓާ އެންމެހާ ތަންތަން ސާފުކޮށް ބެލެހެއްޓުން.
- ކައުންސިލް އިދާރާއިން ފޯރުކޮށްދޭ ރަށްވެހިކަމުގެ އަދި މުނިސިޕަލް ޙިދުމަތްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ކައުންސިލްގެ އެކިއެކި އިވެންޓް ތަކާއި، ޙަރަކާތްތަކުގައި ކައުންސިލުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
ޤާބިލު ފަރާތެއް ކަނޑައެޅުން: މި މަޤާމަށް ކުރިމަތިލުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލު ފަރާތްތައް ކަނޑައަޅާނީ އިންޓަރވިއު ކޮށްގެންނެވެ.
ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓް ކޮޕީ
- ތައުލީމީ ސެޓްފިކެޓްތައް
- ތަޖުރިބާގެ ލިޔުމެއް ވާނަމަ، އެފަދަ ލިޔުންތައް
ވީމާ، މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން، 2026 އޮކްޓޫބަރު 27 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާނާއެކު ހިއްސާކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކޮށް، މަތީގައި ދެންނެވިފައިވާ ލިޔެކިޔުންތަކާއެކު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ. ވަޒީފާއަށް އެދޭ ފޯމް ރަސްމީ ގަޑީގައި ބ. ކިހާދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. މި އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 4001060 އަށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
